ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާ ކަމަށް ބުނެ އެކަން އެ ޕާޓީން ކުށްވެރިކޮށްފި އެވެ.
އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާކަން ފާހަގަކުރެވިފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެކަމަކީ އިންތިހާބާ ބެހޭ އާންމު ގާނޫނުގެ ދަށުން މަނާކަމެއްކަމަށް ވާތީ އެކަން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނަށް އޭނާ ގޮވާލެއްވި އެވެ.
މުއިއްޒު މިއަދު ފުވައްމުލަކަށް ވަޑައިގަތްއިރު، އަދާލަތު ޕާޓީ ވުޖޫދުވިއިރު އެ ޕާޓީއާ ގުޅުނު ފުވައްމުލަކު އިސް، ފައުންޑިން މެންބަރުންތަކެއް އޭނާއަށް މަރުހަބާ ދަންނަވަން ގޮސް ތިއްބެވެ. މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވީ ވެސް އަދާލަތު ޕާޓީންނެވެ.
އަދާލަތު ޕާޓީގައި އެންމެ ފުރަތަމަ އުޅުއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ޑރ. އަނާރާ ނައީމް ވެސް ވަނީ މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވާފަ އެވެ.
މުއިއްޒު ގެ ކެމްޕޭނުގަ އަދާލަތުގެ ކުލަ ބޭނުމެއް ނުކުރޭނު ހޭދެބައިވަނީ އަދާލަތުގެ ބަޔަކު އަދާލަތުގެ ކުލަޔާއެކު މުއިއްޒުއަށް މަރުހަބާ ކިޔަން ނުކުތުމަކީ އެއީ މުއިއްޒުއާ ބެހޭ ކަމެއް ނޫނެއްނު.