ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް މިރޭ ރަސްމީކޮށް ނުކުމެވަޑައިގަންނަވަން ނިންމަވައިފި އެވެ.
މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކުގައި މިރޭ ރަައީސް ޔާމީންގެ އަނބިކަނބަލުން ނުކުމެވަޑައިގެން ކަނިވާ ސަރަހައްދުގައި ހަދަފައިވާ މުއިއްޒުގެ ކެމްޕެއިން ޖަގަހަގައި ކެމްޕެއިން ޓީމުތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ މުއިއްޒުގެ ކެމްޕެއިން ހަރަކާތުގައި ރައީސް ޔާމީންގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
މުއިއްޒުގެ ކެމްޕެއިނަށް ފަތުމަތު އިބްރަހީމް ނުކުމެވަޑައިގަންނަވާއިރު ރައީސް ޔާމީންގެ ތާއިދު މުއިއްޒަށް ނެތް ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެ އެވެ. އެހެން ނަމަވެސް އެވާހަކަތައް ޕީޕީއެމް އިން ވަނީ ދޮގު ކޮށްފަ އެވެ.
ޕީޕީއެމް އިން ބުނެފައިވަނީ މުއިއްޒުގެ ކެމްޕެއިނަށް ރައީސް ޔާމީންގެ ފުރިހަމަ ތާއިދު އެބައޮތް ކަމަށެވެ.
އެ ވާހަކަތަކަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުއަށް ރައީސް ޔާމީން ތާއީދުކުރައްވާތީ އެކަން ހަޖަމުނުވެގެން ބަޔަކު ދައްކާ ވާހަކަތަކެއް ކަމަށް ވެސް ޕީޕީއެމް އިން ބުނެ އެވެ.
ހުރިހާ ރަށެއްގައި ލެބޯޓްރީތައް ހަދައި މި އަހަރުގެ ތެރޭ ނިންމަނީ
ވަޒީފާގެ އިންޓަވިއުއަކަށް ހެދުން އަޅާއިރު ސަމާލުވާންޖެހޭ!
އަލިފާން ރޯވެ އަމާން ދޯދި ޓަވަރު1 ގެ ފެން ހޮޅިތަކެއް ހަލާކުވެއްޖެ
