ކުނި އުކާލުމަށް ވެމްކޯއިން މާލޭގައި ނަގާ އަގުތައް ވަރަށް ބޮޑުކަމަށާއި އޭނާގެ ވެރިކަމެއްގައި އެ އަގުތައް ކުޑަކޮށްދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާފަންނު ޕީޕީއެމްގެ ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު މިއަދު ހަވީރު ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ކުނި އުކައިދިނުމުގެ ހިދުމަތަށް ވެމްކޯއިން ނަގާ އަގު ބޮޑުވުމުގެ ސަބަބުން އާންމު ރައްޔިތުންގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ވެސް ބަނގުރޫޓޫވަމުންދާ ކަމަށެވެ.
"އޭރުން އާންމު ރައްޔިތުންނަށް އަތްފޯރާފަށުގެ އަގުތަކަކަށް ވެގެންދާނެ. މި ވެމްކޯއިން އަގު ބޮޑުކޮށްގެން އުޅެނީ ކުންފުންޏަށް ފައިދާ ނުވެގެންނެއް ނޫން. ކުންފުނި ހިންގަން ނޭނގިގެން މިއުޅެނީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ވެމްކޯގެ އަގުތައް ހެޔޮކޮށް، ކުންފުނީގެ ހިންގުން ވެސް ހަރުދަނާ ކުރައްވާނެ ކަމަށެވެ.
މީހުން ދިރިއުޅޭ ގޭބިސީތައް ފިޔަވާ އެހެން ތަންތަނުން ކުނި އުކާލުމަށް ވެމްކޯއިން ނަގާ ފީ ދާދިފަހުން ވަނީ ބޮޑުކޮށްފަ އެވެ. އަލަށް ގެނައި ބަދަލާއެކު އަގުތައް އުޅެނީ 250ރ. އާއި 950ރ. އާ ދެމެދުގަ އެވެ
ލޯބީގެ ގޮތުން މީހަކާ ނުގުޅޭތާ 10 އަހަރު ވެއްޖެ: އެންޖެލީނާ
ހިމަބިހީގެ ކޭސްތަކުގެ އަދަދު 22 އަށް އަރައިފި
ޗައިނާގެ ފުރަތަމަ ކްރޫޒް ލައިނާ ރާއްޖެ އަތުވެއްޖެ
