ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާބޫގެ އާ ފިލްމު "ކޫފިޔާ" އަންނަ މަހު ފަހެއްގައި ނެޓްފްލިކްސް އިން ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިފިލްމުގައި ތާބޫގެ އިތުރުން އަލީ ފަޒާލް އާއި ވަމީގާ ގައްބީ މުހިއްމު ރޯލުތަކުން ފެނިގެންދާނެ އެވެ. ސްޕްއި ތުރިލާ ފިލްމެއް ނަމަވެސް ލޯބީގައި ތެދުވެރިކަމާއެކު އުޅެ ބޭވަފާތެރިވުމުން އެކަކު އަނެކަކަށް ބަދަލު ހިފުމުގެ ކަންތައްގަނޑެއް ފެންނިގެންދާނެ އެވެ.

މިފިލްމުގެ ޓްރެއިލާ މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު މިފިލްމު ޑައިރެކްޓް ކޮށްފައިވަނީ ވިޝާލް ބަރަދުވާޖު އެވެ.

"ކޫފިޔާ"ގައި ތާބޫ ފެނިގެންދާނީ އިންޑިއާގެ ޖާސޫސީ އިދާރާ ރޯ އެޖެންޓެއްގެ ރޯލަކުންނެވެ.

https://www.youtube.com/watch?v=ByojhBwG_-E

ބަތަލާ ތައްބޫއާއި ވިޝާލް ބަރަދުވާޖު އެކީގައި މަސައްކަތްކުރި ފިލްމުތަކުގެތެރޭ "ހައިދަރު" އަދި "މަޤްބޫލު" ހިމެނެ އެވެ.

ޑައިރެކްޓަރު ވިޝާލްގެ ތިން ފިލްމެއް މިއަހަރުވަނީ ރިލީޒްވެފަ އެވެ. އެއީ ފިލްމު "ޗާލީ ޗޯޕްރާ"، "ފުރުސަތު" އަދި ދާދިފަހުން ރިލީޒްވި ފިލްމު "ކުއްތޭ"އެވެ.