ކްރިމިނަލް ކޯޓުން ކުރި ޖަލު ހުކުމާއެކު ދައްކަން އަމުރުކުރި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާގެ ފައިސާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދައްކަވައި ނިންމަވައިފި އެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން އެ ފައިސާގެ ތެރެއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ގައި އެއްލައްކަ ރުފިޔާ އަދީބު ވަނީ ދައްކަވާފަ އެވެ. އަދި ބާކީ އޮތް ނުވަލައްކަ ރުފިޔާ މި މަހުގެ 13 ވަނަ ދުވަހު ދައްކަވާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް އަންގާފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
މި ފައިސާ ދައްކަވައި ނިންމެވުމާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ހުކުމް ތަންފީޒުކޮށް ނިމިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އެދުމުން، ސިވިލް ކޯޓުން ވަނީ އެ މައްސަލަ ނިންމާފަ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއަކަށް އޭނާ އިއުތިރާފުވެވަޑައިގަތުމާ ގުޅިގެން، 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ 20 އަހަރަށް ޖަލަށް ހުކުމްކޮށް، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ ކުރިން ދައްކަވާފައިވާއިރު، ބާކީ އެއް މިލިއަން ރުފިޔާ ނުދައްކަވައިގެން އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.
އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ވަނީ މައާފު ދެއްވާފަ އެވެ.
ގެއެއްގައި ގޭސްފުޅިއެއް ގޮވައި ދެ މީހެއްގެ ހާލު ސީރިއަސްވެއްޖެ
އަމްބާނީ އާއިލާއަށް ރަންވީރުގެ ހާއްސަ \ޝުކުރެއް!
ދިރާގު މުވައްޒަފުންގެ "ޑެސްކަޕް 2026" ފުޓްސަލް މުބާރާތް ނިމިއްޖެ
