ރައްޔިތުންގެ މަޖިލިހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް ނިންމަވައިފި އެވެ.
ރިޔާޒު ރަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ޖުމްހޫރީ ޕާޓީން ވަނީ ނިންމާފަ އެވެ. މިގޮތަށް ނިންމި ނަމަވެސް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ ޖޭޕީގެ އާންމު މެމްބަރުންނަށް ބޭނުން ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.
ރެފަރަންޑަމްގައި "އާނއެކޭ" ބުނެފިނަމަ ގާނޫނުއަސާސީ ނިމޭނެ: ޖަމީލް
ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ފާޅުގައި އެއްބަސްވި ތަރިން!
އިންތިހާބަށް ބަހަނީ ރިޝްވަތު، މި ސަރުކާރަށް ވޯޓު ނުދޭތި: ސޯލިހު