ކުރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 2.2 ކިލޯގެ ޕާޓީ ޑްރަގްސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 16 ވަނަ ދުވަހު އެ ޑްރަގް ފެނުނީ ކުރިއާ މެދުވެރިކޮށް ޖަރުމަނުން ރާއްޖެއަށް ގެނެސްފައި ހުރި ޕާރުސަލެއް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.
އެ ޕާރުސަލްގެ ތެރެއިން ޑްރަގް ކަމަށް ޝައްކު ކުރެވޭ ކުނޑިތަކެއް ފެނުނުއިރު، އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. މިއީ ޕާޓީ ޑްރަގްގެ ބާވަތެކެވެ.
ކަސްޓަމްސް އިން މިހާރު ވަނީ އެތަކެތި ފުލުހުންނާ ހަވާލުކޮށްފަ އެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް އެނގިފައެއް ނުވެ އެވެ.
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
ބީއެމްއެލްގެ ފޮރެކްސް އިންވެސްޓްމަންޓް ފައިދާ ޑޮލަރުން ދެނީ
ހެނދުނު ހޭލުމަށްފަހު ނިދި ފިލުވާލަން ކޮފީ ނޫން ގޮތެއް!