ރާއްޖޭގެ މިނިވަން ކަމަށް މަސައްކަތް ނުކުރެއްވި ނަމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނަވާނީ ގޭގައި ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޗެނަލް 13 އަށް ފާތުމަތު އިބްރާހިމް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ދިވެހިންނަށް ލިބޭ ފުރުސަތަކީ ދިވެހިންގެ މިނިވަންކަން އިއާދަކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. އޭނާގެ ފިރިކަލުން ޖަލުގެ ތޭރިތަކުގެ ތެރޭގައި ސިޔާސީ ދައުވާކޮށް ބޭއިންސާފުން ގައިދުކޮށް ހައްޔަރު ކުރުމުގެ ކުރިން ކުރެއްވި އެންމެ މުހިންމު މަސައްކަތްޕުޅަކީ ރާއްޖެ މިނިވަން ކުރުމަށް ވަކާލާތު ކުރެއްވުން ކަމަށް އެކަމަނާ ވިދާޅުވި އެވެ.
"އެމަނިކުފާނު އެ މަސައްކަތްޕުޅު ނުކުރެއްވި ނަމަ މިއަދު ވެސް ގޭގައި އާއިލާއާ އެކުގައި ހުންނެވުމުގެ ފުރުސަތު ބޮޑު،" ފާތުން ވިދާޅުވި އެވެ.
އެކަމަކު، ރައީސް ޔާމީނަށް، އެމަނިކުފާނުގެ އާއިލާ އަށް ވުރެ ދިވެހިންގެ އިސްލާމީ ދިރިއުޅުމާއި ދިވެހިވަންތަކަމާއި މިނިވަންކަން މި ގައުމަށް މުހިންމުވި ކަމަށް ފާތުން ވިދާޅުވި އެވެ. އަނިޔާވެރިންގެ އަނިޔާ އަންނާނެ ކަން އެނގިވަޑައިގެން އެމަނިކުފާނު ހިޔާރު ކުރެއްވީ ގައުމުގެ މިނިވަންކަމަށް ގުރުބާންވެވަޑައިގެންނެވުމަށް ކަމަށް ފާތުން ވިދާޅުވި އެވެ.
އެހެންކަމުން، ރައީސް ޔާމީންގެ އާދޭހަކީ ރާއްޖެ އަޅުވެތިކަމަށް ދިއުމުން ސަލާމަތް ކުރުމަށް އެމަނިކުފާނު އެންޑޯޒް ކުރައްވާފައިވާ މުއިއްޒާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފަށް އެންމެހާ ލޮބުވެތި ރައްޔިތުން ވޯޓު ދެއްވުން ކަމަށް ވެސް ފާތުން ވިދާޅުވި އެވެ.
ފާތުން ވިދާޅުވި ގޮތުގައި އޭނާއާ ދިމާވާ ކޮންމެ ފަހަރަކު ރައީސް ޔާމީން ވިދާޅުވަނީ ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަ ވެރިކަން މިއަދު އޮތީ އެހެން ބައެއްގެ އަތްދަށުގައި ކަމެވެ. މިއަދު ދިވެހި ބިމުގައި، ދިވެހީންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވަމުންދާ ކަމަށާއި ދިވެހީންގެ ދާހިލީ މައްސަލަތައް، ދިވެހީންގެ އަމިއްލަ ވިސްނުމުގައި ނިންމުމުގެ ބާރެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވާ ކަން ފާތުން ފާހަގަ ކުރެއްވި އެވެ.
ދިވެހިރާއްޖެއަކީ މިނިވަން ގައުމެއް ޖުލައި 26 1948ގެ ފަހުން