ރާއްޖޭގައި މިހާރު އެންމެ ކާމިޔާބު ފިލްމުތަކެއް އުފައްދަމުން އަންނަ ޑާކްރެއިން އެންޓަޓެއިންމެންޓުން އިތުރު ފިލްމުތަކެއް މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މިހާތަނަށް އައި އިރު ދިވެހި ސިނަމާއަށް ތަފާތު ރަހަތަކުގެ ފިލްމުތަކެއް ގެނެސްދީފައިވާ ޑާކްރެއިން ވަނީ އިތުރު ހަ ފިލްމެއްގެ މަސައްކަތް ފެށުމަށް ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. އަދި އެފިލްމުގެތަކުގެ ފުރަތަމަ ޕޯސްޓަރުވެސް އާންމުކޮށްފަ އެވެ.

https://www.facebook.com/photo/?fbid=812952497505682&set=a.466102265524042

ޑާކްރެއިން އިއުލާނު ކުރި މިފިލްމުތަކަކީ:

  • އަލިފާން
  • ފެށުމާއި ނިމުން
  • ލައިފް ސަޅި
  • ލޭ
  • ވާރޭ
  • އަވަ
https://www.facebook.com/photo?fbid=812947137506218&set=a.466102265524042

މިއިން އެއްވެސް މިފްމަކާ ބެހޭ ގޮތުން މާބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. ޑާކްރެއިން ބުނި ގޮތުގައި މިހުރިހާ ފިލްމެއްވެސް އޮތީ ޕްރީ-ޕްރޮޑަކްޝަން މަރުހަލާގަ އެވެ. އަދި މިފިލްމުތައް ސިނަމާއަށް ގެނެސްދޭނެ ތާރީހެއް އަދި ނޭނގެ އެވެ.

ޑާކްރެއިން މިފިލްމު އުފައްދާތާ މިއަހަރަށް ވަނީ 17 އަހަރު ފުރިގެން ގޮސްފަ އެވެ.

https://www.facebook.com/photo?fbid=812946724172926&set=a.466102265524042

ޑާކް ރެއިނުން މިހާރު އަންނަނީ މި އަހަރު އެތަނުން ގެނެސްދޭ ތިން ވަނަ ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުންނެވެ. އެއީ މި އަހަރުގެ ޑިސެމްބަރު 4 އަށް ތާވަލުކޮށްފައި އޮތް އަސަރު ގަދަ ލޯބީގެ ފިލްމު "ނޮވެމްބާ" އެވެ. މިއީ ޑާކް ރެއިނުން މިހާތަނަށް އެންމެ ބޮޑު ބަޖެޓުން ހެދި ފިލްމެވެ. ސިންގަޕޫރްގެ އިތުރުން ރާއްޖޭގެ ބައެއް ހިސާބުތަކުގައި ވެސް ޝޫޓްކޮށްފައިވާ މި ފިލްމަށް 1.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

https://www.facebook.com/photo?fbid=812940820840183&set=a.466102265524042

ޑާކް ރެއިނުން މި އަހަރު ގެނެސްދިން ފުރަތަމަ ފިލްމަކީ ފެބްރުއަރީގައި އޮލިމްޕަހުގައި އެޅުވި "ބީވީމާ" އެވެ. އޭގެ ފަހުން މާޗްގައި "ހިނދުކޮޅެއް" މީޑިއާ ނެޓް މެދުވެރިކޮށް ޑިޖިޓަލްކޮށް ޕްރީމިއާކުރި އެވެ.

ޑާކް ރެއިނުން މިހާރު ވެސް އޮތީ ފިލްމެއް އަންނަ އަހަރުގެ ކުރީކޮޅު ގެނެސްދޭން އަމާޒު ހިފައިފަ އެވެ. އެއީ "ފުރޭތަ" އާއި "މީ އިޝްގު" އަދި "ބަޅިނދު" އެވެ.