އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ވަގުތީ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު "ހުރިހާ"އަށް ވިދާޅުވީ އަދުރޭ ދޫކޮށްލަން ކޯޓުން ދެންމެ އަމުރުކޮށްފައިވާ ކަމަށެވެ. އަދި އަދުރޭގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވެސް މިހާރު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
ހީނާ ވިދާޅުވީ އެ ދެ ބޭފުޅުންގެ މައްސަލަ ކުރިޔަށް ގެންދިޔައީ ވަކިން ކަމަށެވެ.
ޝުޖާއުއާއި އަދުރޭ ހައްޔަރު ކުރީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޑް ވެކްޝިނާ ބެހޭ ގޮތުން އަޑުއުފުލުމަށް އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިންނެވެ.
ދަރުބާރުގޭ ކުރިމަތީގައި އިހުތިޖާޖުގެ ކުރަމުން ދަނިކޮށް މިއަދު މެންދުރުފަހު ހައްޔަރުކޮށްގެން ފުރަތަމަ އެ ދެ ބޭފުޅުން ގެންދިޔައީ އަތޮޅުވެއްސަށެވެ.
މިދިޔަ ހޯމަ ދުވަހު ވެސް މުޒާހަރާ އިން އެ ދެ ބޭފުޅުން ހައްޔަރުކުރި އެވެ. ނަމަވެސް އަތޮޅު ވެހީގައި ބޭތިއްބުމަށްފަހު އެރޭ ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން ވަނީ މިއަދު މެންދުރުފަހު ވަގުތެއްގައި ދެ ބޭފުޅުން އަނބުރާ މާލެ ގެނެސް ފުލުހުންގެ ނޫސަންދަ ކްލިނިކަށް ގެންގޮސްފަ އެވެ.