މި އަހަރުގެ ބާކީ އޮތް ބައިގެ ހަރަދުތައް ކުރުމަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި އިތުރު 3.1 ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ފާސް ކުރަން މަޖިލިހަށް ފޮނުވައިފަ އެވެ. އޭގައިވާ ގޮތުން ހަރަދުތައް ކުރަން 6.1 ބިލިއަން ރުފިޔާ ދަރަންޏަށް ނަގަން ޖެހެ އެވެ.
އެއީ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ލިބޭ 1.1 ބިލިއަން ރުފިޔާގެ ލޯނާއި ބަޖެޓު ސަޕޯޓަށް ނަގާ 3.1 ބިލިއަން ރުފިޔާގެ ލޯނާއި އެތެރޭގެ ފަރާތްތަކުން ނެގުމަށް ހަމަޖެހިފައިވާ 1.9 ބިލިއަން ރުފިޔާގެ ލޯނެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ސަރުކާރުން ވަނީ 50 މިލިއަން ޔޫރޯ (842.8 މިލިއަން ރުފިޔާ)ގެ ލޯނެއް ހަންގޭރީ އެކްޒިމް ބޭންކުން ނަގައިފަ އެވެ. އެ ލޯން ނެގީ 10 އަހަރުން ދައްކާ ގޮތަށެވެ.
ސަރުކާރުން މަޖިލިހަށް ހުށަހަޅާފައިވާ ސަޕްލިމަންޓްރީ ބަޖެޓްގެ މަސައްކަތް އަދި ނުފަށަ އެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ބަޖެޓް ހުށަހަޅަން އެޖެންޑާ ކުރި ނަމަވެސް ކޯރަމް ހަމަނުވެގެން އެ ޖަލްސާ ވަނީ ނިންމާލައިފަ އެވެ.
ޤައުމު ދަވާލާފަ ފައިބާތި