މަސްވެރިޔަކު ޕެސިފިކް ކަނޑަށް ގެއްލުނުތާ ދެ ހަފްތާ ފަހުން ސަލާމަތުން ދިރިހުއްޓާ ފެނިފައިވާ ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިން ބުނެފި އެވެ.

އެމެރިކާގެ ނޭވީއިން ބުނީ އެމީހާ ފެނިފައިވަނީ އެމެރިކާގެ ހުޅަނގު އައްސޭރިފަށުގެ 70 މޭލު ބޭރުން ކަނދުފައްޗެއްގައި އޮއްވާ ކަމަށެވެ. އެމީހާ ފެނިފައިވަނީ އޭނާ ހޯދަން ނޭވީއިން ކުރި މަސައްކަތް ހުއްޓާލިތާ އެއް ދުވަސް ފަހުންނެވެ.

ކާކުކަން ނޭނގޭ އެ މަސްވެރިޔާ އެމެރިކާގެ ވެރިރަށް ވޮޝިންޓަންއިން މަސްވެރިކަމަށް ފުރީ 12 އޮކްޓޯބަރު ވަނަ ދުވަހު 43 ފޫޓު ދިގު ބޯޓެއްގަ އެވެ.

ކަނޑުގެ ސިފައިންނަށް އެމީހާ ފެނުނުއިރު ސިއްހަތު ރަނގަޅު ކަމަށާއި ދެ ހަފްތާ ކަޑައްތުކުރީ މަސް ހިފައިގެން ރޯ މަސް ކައިގެން ކަމަށް އޭނާއާ ހަވާލާދީ ސިފައިން ބުނެފައިވެ އެވެ.

އޭނާ ސަލާމަތް ކުރުމަށްފަހު ބޯޓަށް ނެގުމުން ތިންފުޅި ފެން ހުސްކޮށްލި، ވަރަށް ބަނޑުހައިވެފައި އޭނާ ހުރީ" ނޭވީއިން ބުނެފައިވެ އެވެ.

އެމީހާއާއެކު ފުރި އިތުރު މަސްވެރިޔަކު ވެސް ގެއްލިފައިވާއިރު މިހާތަނަށް އޭނާގެ އެއްވެސް ހަބަރެއް ވެފައެއް ނުވެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމެއް ނޭވީއިން ހާމައެއް ނުކުރެ އެވެ.