މާދަމާއަކީ ބޮލީވުޑްގެ ސުޕަސްޓާ ޝާހްރުކް ޚާންގެ އުފަން ދުވަހެވެ. އޭނާގެ އުފަން ދުވަހާ ގުޅުވައިގެން އޭނާގެ ކުރިއަށް އޮތް ފިލްމު "ޑަންކީ"ގެ ޓީޒާ ނެރެން އެ ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ނިންމާފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މާދަމާ އެކަމަށް ހާއްސަކޮށްގެން ހަފްލާއެއް ބާއްވާނެ އެވެ. އެ ހަފްލާގައި ޝާހްރުކް ޚާން ވެސް ބައިވެރިވާނެ އެވެ.

ޑިސެމްބަރު މަހު 21 ވަނަ ދުވަހު ސިނަމާތަކަށް އަންނަން ހަމަޖެހިފައިވާ ފިލްމު "ޑަންކީ"ގެ ޕޯސްޓަރުތައް އާއްމުވެފައިވާއިރު ގިނަ ބަޔަކު އަންނަނީ ފިލްމުގެ ޓްރެއިލާއަށް ވެސް އިންތިޒާރު ކުރަމުންނެވެ.

ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރާ "ޑަންކީ"ގައި ޝާހްރުކް ޚާންގެ އިތުރުން ދެން ފެންނާނީ ތާޕްސީ ޕަންނޫ އެވެ. އޭގެ އިތުރުން ވިކީ ކައުޝަލްއާއި ދަރްމެންދްރާގެ ހާއްސަ ފެނިލުމެއް ވެސް ފިލްމުގައި ހިމެނޭ ކަމަށް ހަބަރުތައް ބުނެ އެވެ.

ބުނެވޭ ގޮތުގައި އެ ފިލްމު ބިނާވެގެން ދާނީ ގާނޫނާ ހިލާފަށް އިންޑިއާއަށް އެތެރެވާ މީހެއްގެ މައްޗަށެވެ. މި ފިލްމަކީ ވެސް ހިރާނީގެ އެހެން ފިލްމުތައް ފަދައިން ހެއްވާ މަޖާ ފިލްމަކަށް ވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޝާހްރުކް ޚާންގެ ދެ ފިލްމެއް މިއަހަރުގެ މިހާތަނަށް ނުކުމެފައިވާއިރު އެ ދެފިލްމަކީ ވެސް ބޮކްސްއޮފީހުގައި ވަރަށް ކާމިޔާބު ދެ ފިލްމެވެ.