މީގެ 250އެއްހާ އަހަރު ކުރިން އިނގިރޭސި ވިލާތާއި ފްރާންސްއާ ދެމެދު ހިނގި "ސެވަން އިޔާ" ހަނގުރާމައިގައި ބައިވެރިވި ފްރާންސްގެ ކަނޑުގެ ސިފައިންނަށް އެމީހުންގެ އާއިލާތަކުން ލިޔެފައިވާ ސިޓީތަކެއް ފެނިއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ސިޓީތައް ފެނިފައިވަނީ އިނގިރޭސިވިލާތުގެ ނޭވީގެ ގުދަން ހުޅުވައި ހޯދުމުގެ ތެރޭގަ އެވެ. މީގެ ކުރިން އެ ސިޓީތައް ހުޅުވާފައިވާ ކަމަކަށް ނުބެލެވެ އެވެ.

ބުނެވޭ ގޮތުގައި އެ ސިޓީތަކަކީ ހަނގުރާމައިގައި ބައިވެރިވި ފްރާންސް ބޯޓެއްގެ ސެއިލަރުންނަށް އެ މީހުންގެ އާއިލާތަކުން ފޮނުވި ސިޓީތަކެކެވެ.

އެހެން ނަމަވެސް އެ ސިޓީތައް އޭގެ ހައްގުވެރިންނަށް ފޯރުމުގެ ކުރިން "ގަލަޓީ" ނަމަކަށް ކިޔާ އެ ބޯޓު އިނގިރޭސި ވިލާތުގެ އަތްދަށަށް ދިޔަ އެވެ.

އެކަން އެނގުމުން ފްރާންސްގެ އިދާރާތަކުން އެ ސިޓީތައް ހަވާލުކުރީ އިނގިރޭސި ވިލާތުގެ ނޭވީއާ އެވެ. އެހިސާބުން އެ ސިޓީތައް ލެވުނީ ސިފައިންގޭގެ ގުދަނަށެވެ.

ސެވަން އިޔާ ހަނގުރާމައަކީ އިންޑިއާއާއި އުތުރު އެމެރިކާގެ ކޮންޓްރޯލް ހޯދުމަށްޓަކައި 1758 ވަނަ އަހަރު ކުރެވުނު ހަނގުރާމަ އެކެވެ. އެ ހަނގުރާމަ ނިމިގެން ދިޔައީ "ޕެރިސް ޓްރީޓީ"އިންނެވެ.