ރައީސް ޑރ. މުހައްމަދު މުއިއްޒު އަލަށް އުފެއްދެވި ވުޒާރާތަކަށް ވަގުތީ ގޮތުން ޕާމަނަންޓް ސެކްރެޓަރީން އައްޔަންކޮށްފި އެވެ.

ވަގުތީ ޕާމަނަންޓް ސެކްރެޓަރީން އައްޔަންކުރީސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާއާއި، ޒުވާނުން ބާރުވެރިކުރުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ އިތުރަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށެވެ.

ވަގުތީ ގޮތުން ޕީއެސްގެ ޒިންމާ ހަވާލު ކުރެއްވި ފަރާތްތައް:

  1. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ - އިލްޔާސް އަހުމަދު
  2. ޒުވާނުން ބޭރުވެރިކުރުމާ ބެހޭ ވުޒާރާ - ފާތިމަތު އަހުމަދު
  3. އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ - އަހުމަދު ތޮލްހަތު
  4. ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ - އިސްމާއީލް ރަޝީދު

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ރަސްމީ މަސައްކަތްތައް މިއަދު ފެށިގެންދާއިރު، އަލަށް އުފެއްދި ވުޒާރާތަކަށް ވަގުތީ ގޮތުން އައްޔަންކުރި ޕީއެސްއިންނާއި، މިހާރު ވެސް މަގާމުތަކުގައި ތިއްބެވި ޕާމަނަންޓް ސެކްރެޓަރީންނާ ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ބައްދަލުކޮށްފައިވެ އެވެ.

އޭގެ އިތުރަށް ވަގުތީ ގޮތުން ޕީއެސްއިން އައްޔަންކޮށްފައިވާ ވުޒާރާތަކަށް ދާއިމީ ޕީއެސްއިން ހޯދުމަށް ސިވިލް ސާވިސްއިން އިއްޔެ ވަނީ އިއުލާނުކޮށްފަ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވެ އެވެ.

ވުޒާރާތަކުގައި ހުންނަވާނެ ސިވިލް ސާވިސްގެ އެންމެ އިސްވެރިޔާކަމަށްވާ ޕީއެސްގެ މަގާމުގެ މުސާރައަކީ 20،5000 ރުފިޔާ އެވެ. އަދި ލިވިން އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި 22 ވުޒާރާއެއް ހިމެނެ އެވެ.