ބޮލީވުޑްގެ ސުޕަސްޓާ ޝާހަރުކް ޚާންއާއި އޭނާގެ އަންހެން ދަރިފުޅު އެކުގައި ފެންނަ ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި އެ ފިލްމުގެ ސްކަރިޕްޓްގެ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ޝޫޓިން ފަށަން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.
އެގޮތުން ފިލްމުގެ އަމަލީ މަސައްކަތް އެންމެ ލަސްވެގެން އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.
"ކިންގް" ނަމަކަށް ދީފައިވާ އެ ފިލްމަކީ ޝާހުގެ ދެބަފައިން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.
ދާދިފަހުން ސުހާނާގެ ފުރަތަމަ ފިލްމު "ދަ އާޗީސް" ނެޓްފްލިކްސްއަށް ނުކުމެފައިވާއިރު އެ ފިލްމަށް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.
ޝާހަރުކް ޚާންގެ ތިން ދަރިން ތިބޭއިރު އޭގެ ތެރެއިް ދެ ކުއްޖަކު ވަނީ ފިލްމީ މަސައްކަތްތަކަށް ނުކުމެފަ އެވެ. ސުހާނާ އެކްޓިންގެ ރޮނގުން ކުރިއަށް ދާއިރު އާރްޔަން ވަނީ ޑައިރެކްޝަންގެ ދާއިރާއަށެވެ.
ލުބުނާނާއި އިޒްރޭލުގެ އެއްބަސްވުން 3 ހަފްތާއަށް އިތުރުކޮށްފި
ސީޓް އިތުރުކޮށް ޓިކެޓް ވިއްކަނީ؛ އަގު 5،000 ޑޮލަރުން މަތީގައި
ގަލަފް ސަރަހައްދުގަ 40 އަށްވުރެ ގިނަ އުޅަނދު ތާށިވެފައި