ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރުންގެ ނައިބުގެ މަގާމަށް 26 ބޭފުޅުން ޢައްޔަނުކުރައްވައިފި އެވެ.

އެކި ވުޒަރާތަކުގެ ނައިބު މިނިސްޓަރުންގެ މަގާމަށް މީގެ ކުރިން ވެސް ބޭފުޅުން އައްޔަން ކުރައްވާފައިވެ އެވެ.

މިގޮތުން ޢައްޔަނުކުރެއްވި ބޭފުޅުންނަކީ؛

1. މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ނައިބުގެ މަގާމަށް، ސޯލިހު ހުސައިން

2. މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ ނައިބުގެ މަގާމަށް، އައިޝަތު ޝަހުދާ

3. މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ ނައިބުގެ މަގާމަށް، މުހައްމަދު އައިޝް

4. މިނިސްޓަ އޮފް ޓޫރިޒަމްގެ ނައިބުގެ މަގާމަށް، އިބްރާހީމް ޔޫސުފްފުޅު

5. މިނިސްޓަ އޮފް ޓޫރިޒަމްގެ ނައިބުގެ މަގާމަށް، މުޙައްމަދު ޔާމީން އަހުމަދު

6. މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ ނައިބުގެ މަގާމަށް، އަހުމަދު ސާލިމް ސައީދު

7. މިނިސްޓަ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ނައިބުގެ މަގާމަށް، އަހުމަދު ޝާފިއު

8. މިނިސްޓަ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ނައިބުގެ މަގާމަށް، ހައްމާދު އަބްދުލްކަރީމް

9. މިނިސްޓަ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަގާމަށް، ހައްވާ ލަތީފް

10. މިނިސްޓަ އޮފް އެޑިޔުކޭޝަންގެ ނައިބުގެ މަގާމަށް، ސުލްތާން ރާމިޒް

11. މިނިސްޓަ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް، އަހުމަދު ސާއިދު މުސްތަފާ

12. މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަގާމަށް، ހައްސާނު ހަމީދު

13. މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަގާމަށް، މުހައްމަދު ރިޝްމީ

14 މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަގާމަށް، އަހުމަދު ޣާލީ

15. މިނިސްޓަ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ނައިބުގެ މަގާމަށް، ހުސައިން ޝިފާޒް

16. މިނިސްޓަ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ނައިބުގެ މަގާމަށް، އައިޝަތު ނާޒިމާ

17. މިނިސްޓަ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބުގެ މަގާމަށް، މަލްޝާ ޝަރީފް

18. މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަގެ ނައިބުގެ މަގާމަށް، މުހައްމަދު އިމްރާން ހަސަން

19. މިނިސްޓަ އޮފް ހަޔަ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ނައިބުގެ މަގާމަށް، އާމިނަތު ނަދާ މުހައްމަދު

20. މިނިސްޓަ އޮފް ހަޔަ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ނައިބުގެ މަގާމަށް، ޒޫޝާން ކަމާލުއްދީން

21. މިނިސްޓަ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ނައިބުގެ މަގާމަށް، މުޙައްމަދު އަވާދު އަޔާޒް

22. މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީގެ ނައިބުގެ މަގާމަށް، ހައްސާނު މުހައްމަދު

23. މިނިސްޓަ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ނައިބުގެ މަގާމަށް، ފާތިމަތު ފަޒުލާ ރަޝީދު

24. މިނިސްޓަ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަގާމަށް، ހިސާން އަލީ އަހުސަން

25. މިނިސްޓަ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ނައިބުގެ މަގާމަށް، އާމިނަތު ޝަޖަން

26. މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަގެ ނައިބު މަގާމަށް، ފާތިމަތު އިފާޝާ

ވުޒާރަތަކަށް އައްޔަންކުރަމުންދާ ނައިބު ވަޒީރުންގެ މައުލޫމާތު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މަގާމުތަކަށް އައްޔަނުކުރާ ބައެއް މީހުންނަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ އެވެ.

މީގެ އިތުރުން މިނިސްޓްރީގެ ނައިބު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ދެބޭފުޅުން ހަތަރު ދުވަސް ނުވަނީސް މަގާމުން ވަކިކޮށްފައިވެ އެވެ. އެއީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި މުހައްމަދު ފަހުމީ ހަސަން އާއި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަސް އައްޔަން ކުރެއްވި މުންނިމު އަނީސެވެ.