ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމުގެ ކުރިން ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ޖެހޭ ކަމުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ އެވެ.
އިބްރާހިމް ރަޝީދު އެގޮތަށް ވިދާޅުވެފައިވަނީ ކައުންސިލްތަކުގެ ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް ކައުންސިލް މެމްބަރުންގެ މުސާރަ ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން މަޖިލިހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީ އަށް ލަފާ ދީފައި ވަނިކޮށެވެ.
ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމުގެ ކުރިން ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ޖެހޭ ކަމަށެވެ.
ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ނަމުގައި %35 ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަށް އިތުރުވެގެން ދިޔަކަމުގައި ވިޔަސް މި އެލަވަންސްގެ ސަބަބުން އިދާރީ މުވައްޒަފުން ގެއަށް ގެންދާ މުސާރައަށް މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލާމަރުކަޒީ ކޮމިޓީން ބަޖެޓު ކޮމިޓީ އަށް ލަފާ ދީފައި ވަނީ ކައުންސިލް ރައީސްގެ މުސާރަ 25،000ރ. އަށް ހެދުމަށާއި ނައިބު ރައީސުންގެ މުސާރަ 20،000ރ. އަދި ކޮންމެ މެމްބަރަކަށް 18،000ރ. ދިނުމަށެވެ.
މިހާރު ކައުންސިލް ރައީސްގެ މުސާރައަކީ މަހަކު 20،000ރ.އެވެ. ކައުންސިލްގެ ނައިބު ރައީސަށް މަހަކު، 15000ރ. ލިބޭއިރު މެމްބަރަކަށް ލިބެނީ 12،000ރ. އެވެ.
ސިވިލްސަރވިސް އިދާރީ މުވައްޒަފުންގެ މުސާރަބޮދުކުރާކަށް ނުޖެހޭތަ ސިވިލްސަރވިސް ގަ އުޅޭ ވަކިބައެއްގެ މުސާރަތަށް ބޮޑުކުރަމުން ދަނީ ހިތައް އެރިގޮތަކަށް
ދިވެހި ސިވިލް ސަރވަންޓުންނަށް ޖެނުއަރީން ފަށައިގެން މުސާރައިގެ ބޭސިކް މުސާރައަށް 45%ގޭ ބޮޑުކުރުމެއް ބޮޑުނުކޮށްފިއްޔާ ކުރާނީ އިހުތިޖާޖު އޮފީސްތަކުން ނުކުމެ އެމީހުން ތިބޭނީ ބޭރުގާ ޚިދުމަތް ހުއްޓާލާފާ
ވަރަށް ރަނގަޅު ވާހަކައެއް، ކައުންސިލްގެ އެމް.އެސް.ރޭންކްގެ މުވައްޒަފުންަނަށް ގެއަށްގެންދަން މަސައްކަތު މީހަކަށްވުރެ މަދުމުސާރ ލިބޭބައެއް. ތިދެއްވި އެލަވަންސާ ގުޅިގެން އެމް.އެސް. ރޭންކްގެ މުވައްޒަފުންނަށްވީ ދެރަ. ސިވިލް ސާވިސްގެ ދަށް މަޤާމްތަކަށް ތަޢުލީމީ ސެޓްފިކްޓް ނުހޯދާ ތިބޭ މުވައްޒަފުން ތިބޭ ޖީއެސް. ރޭންކާ އެސް.އެސް، ރޭންކަށް މުހިއްމުކަމެއް ދެއްވާއިރު އޯލެވެލް އޭލެވެލްގެ އިތުރުން ޑިޕްލޮމާ. ޑިގްރީ ހަދައިގެން ވަޒީފާލިބޭ އެމް.އެސް.ރޭންކަށް ކީއްވެބާ މިހާ ދަށް މުސާރައެއް މިލިބެނީ؟