މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސްކޫލުތަކުގައި މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ އިމްތިހާނުތައް ކުރިއަށްދާ ދުވަސްވަރެކެވެ. އިމްތިހާނަށް ތައްޔާރު ވުމުގެ އެންމެ ފަހުގެ ކަންކަން ކުރިއަށްދާއިރު ދަރިވަރުންނާއި ބެލެނިވެރިން ވެސް ތރީގައި މިވާ ކަންކަމަށް ސަމާލުކަން ދޭން ވާނެ އެވެ.

ރަނގަޅަށް ކެއުން

އިމްތިހާނަކަށް ދާއިރު ދެވޭ ނާސްތާއަކީ ފައިދާހުރި ކާނާއަށް ހެދުންމިއީ ކުއްޖާއަށް ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން އާދައިގެ ޔޯގަޓް، އާފަލު، ކޯންފްލޭކްސް (އޮރިޖިނަލް)، ދޮންކެޔޮ، ބިސް އަދި ކިރުތަށި ފަދަ ކާނާ އަކީ ހެނދުނުގެ ނާސްތާއަށް ދެވިދާނެ އެއްޗެއްސެވެ. ޕޮރޮޓީން ގިނައިން ލިބިދޭ ކާނާ ހެނދުނު ކެއުމަކީ ހަށިގަނޑު ވަރުބަލިވުމުން ދުރުކޮށްދޭ ކަމެކެވެ.

ހަމަނިދި ނިދުން

އިމްތިހާނު ދުވަސްވަރު އެކަށީގެންވާ ވަރަށް ނިދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެންކަމުން 8 ގަޑިއިރުގެ ނިދި ވަރަށް މުހިއްމެވެ. ނިދިމަދުވުމުގެ ސަބަބުން ބޮލުގައި ރިހުން ފަދަ ކަންކަން ދިމާވެ، ކަންކަމަށް ސަމާލުކަން ދިނުމަށް ދަތިވެ އެވެ.

ގިނައިން ފެން ބުއިން

އިމްތިހާނަށް ތައްޔާރު ވާއިރު ފެނަކީ ވަރަށް މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ. އެކޮތުން ހަށިގަނޑަށް އެކަށީގެންވާ ވަރަށް ފެން ނުލިބޭނަމަ ބޯ އެނބުރުން ނުވަތަ ގައިގަ ރިއްސުންފަދަ ކަންތައް ދިމާވެ އެވެ. އެހެންކަމުން ކޮންމެ ދުވަހަކު ހާއްސަކޮށް އިމްތިހާނުގެ ދުވަސްވަރު ހަށިގަނޑަށް ބޭނުންވާ ވަރަށް ފެންބުއިމަށް އާދަ ކުރާށެވެ.