ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ހޭދަކުރި ފައިސާގެ ބަދަލެއްގެ ގޮތުން 200،000 ރުފިޔާ ދޭނެ ކަމަށް ރިޔާސީ ކެމްޕޭން ތެރޭގައި ވައުދުވެވަޑައިގަތުމަށްފަހު ވެރިކަމަށް ވަޑައިގެން ފްލެޓް ލިބުނު މީހުންނަށް އެ ފައިސާއެއް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓް ލިބުނު މީހުން ފިނިޝިންގެ މަސައްކަތްތަކަށް ލޯނު ނަގައިގެން ބޮޑު ހޭދައެއްކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅުކޮށް، އެ ލޯނު ދެއްކުމުގައި ރައްޔިތުންނަށް ލުއި ގޮތްތަކެއް ފަހިކޮށްދެއްވާނެ ކަމަށް ރިޔާސީ ކެމްޕޭންގެ ތެރޭގައި މުއިއްޒު ވައުދުވެވަޑައިގަތެވެ. އެގޮތުން ފްލެޓް ލިބުނު ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ދޭނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސްމުއިއްޒު ވިދާޅުވީ ހަތް އަހަރުގެ މުއްދަތަކަށް ހިޔާ ފްލެޓްގެ ކުލިން ދެ ލައްކަ ރުފިޔާ ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ހަތް އަހަރު ވަންދެން މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭނީ 3،984 އެވެ.

ރައީސް ޔާމީނާ ގުޅޭގޮތުން މުއިއްޒާ ކުރި ސުވާލުތަކަށް ޖަވާބުދޭން ދެކޮޅު ހައްދަވައިފި

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ރައީސް ޔާމީން ފޮނުއްވި މެސެޖަށް ޖަވާބު ނުދެއްވާ އޮތީ ކީވެގެން ތޯ ރައީސް މުއިއްޒާ ސުވާލު ކުރައްވާފަ އެވެ. އެހެން ނަމަވެސް އެސުވާލަށް ޖަވާބު ރައީސް މުއިއްޒު ދެއްވާފައިނުވެ އެވެ. އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ މިއަދާއަހަމަށް ވެސް އެއިން އެއްވެސް ބޭފުޅެއްގެ ވާހަކަ ދައްކަވާ ބޭފުޅެއް ނޫން ކަމަށެވެ.

މިއީ ދިވެހިންގެ ރާއްޖެއެއް ނޫން، މިއީ އަދުރޭގެ ރާއްޖެއެއް: އަނދުން ހުސެއިން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައީ ދިވެހިންގެ ރާއްޖެއެއް ހޯދައި ދިނުމުގެ ވައުދާ އެކު ނަމަވެސް ރާއްޖެ މިހާރު ވެފައި ވަނީ "އަދުރޭގެ ރާއްޖެއަކަށް" ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އިއްޔެ ވިދާޅުވެއްޖެ އެވެ.

ފެނަކައިގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށް ބުނެ، އިއްޔެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އަނދުން ހުސެއިން ވިދާޅުވީ މަޖިލިހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ އަދި ކޮންމެ ރައްޔިތެއްގެ ކަންބޮޑުވުމެއް ކަމަށެވެ.

އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގައި ގައުމީ ސަލާމުން ސެޝަން ފަށަން ނިންމައިފި

އަންނަ އަހަރުގެ ކިޔެވުން ފަށާއިރު، ކޮންމެ ދުވަހަކު ވެސް ގައުމީ ސަލާމުން ސްކޫލުތަކުގެ ސެޝަން ފަށާގޮތަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. ރައީސް މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒަށް އިންޑިއާ ސިފައިން ތިބި އަދަދެއް ސާފެއް ނުވޭ

އެކި މިނިސްޓްރީތަކުން ހިއްސާކޮށްފައިވާ މައުލޫމާތުތަކުގައި ހުރި ފުށެއެރުންތަކުގެ ސަބަބުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސާފުނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އިންޑިއާ ސިފައިން ރާއްޖޭގެ ތިބި އަދަދު ސާފުނުވާކަން ފާހަގަ ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގައި ހުރި ލިޔެކިޔުންތަކަށް ބެލިއިރު، އެކި ލިޔުންތަކުން ފެންނަނީ އެކި އަދަދުތައް ކަމަށެވެ. އެގޮތުން ބައެއް ލިޔެކިޔުންތަކުން 77 ސިފައިން ތިބިކަމަށް ފެންނައިރު، އެހެން ލިޔުންތަކުން 89 އެއްހައި ސިފައިން ތިބިކަމަށް ފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

https://hurihaa.mv/26320

ދަރިމައިވުމުގެ ފަރުވާ އާސަންދައިގެ ތެރެއިން ދިނުމަށް ނިންމައިފި

ދަރިމައިވުމުގެ ފަރުވާ އާސަންދައިގެ ތެރެއިން ލިބޭނެ ގޮތް ހަމަޖައްސައި، ފާޓިލިޓީ ކެއާއަށް ހާއްސަ ފަންޑެއް ގާއިމްކުރަން ސަރުކާރުން ނިންމައިފި އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ދަރިމައިވުމާ ގުޅޭ ސިއްހީ ހަރަދުތައް އާސަންދައިގެ ދަށުން ހެދޭގޮތަށް ގަވާއިދު އިސްލާހުކޮށް އެކަމަށް ބޭނުންވާ އުސޫލުތައް ސަރުކާރުން ހަދާނެ ކަމަށެވެ. އައިޖީއެމްއެޗްގައި ގާއިމުކޮށްފައިވާ ފާޓިލިޓީ ސެންޓަރު އިތުރަށް ހަރުދަނާކުރައްވާ ދަރިމައިވުމުގެ ސިއްހަތުގެ ދާއިރާ ނުވަތަ އައިވީއެފަށް ހާއްސަ 30 މިލިއަން ރުފިޔާގެ ފަންޑެއް ތަރައްގީކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

މި އަހަރު ސަރުކާރުން 50 ފަގީރުން ހިލޭ ހައްޖަށް ފޮނުވަނީ

މި އަހަރު ސަރުކާރުގެ ހަރަދުގައި 50 މީހަކު ހައްޖަށް ފޮނުވުމަށް ސަރުކާރުން ނިންމައިފި އެވެ. އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމި ނިންމުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް މުއިއްޒު ވިދާޅުވީ ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1000 ފަގީރުންނަށް ހިލޭ ދެވޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށެވެ. އަދި މި މަސައްކަތް ފެށްޓެވުމުގެ ގޮތުން މިއަހަރު ފުރަތަމަ 50 މީހުން ފޮނުވާ ގޮތަށް ހަމަޖެއްސެވި ކަމަށާއި، އެކި އަހަރު އެކި އަދަދަށް މީހުން ހައްޖަށް ފޮނުވޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ވަޒީފާއިން ވަކިކުރަމުން ދަނީ ކޮންޓްރެކްޓް ހަމަވާ މުވައްޒަފުން: ފެނަކަ

މި ސަރުކާރުން ފެނަކަ ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު އަދި މިހާތަނަށް ވަޒީފާ އިން ވަކިކޮށްފައި ނުވާނެ ކަމަށާއި ވަޒީފާއިން ވަކި ވަމުން އަންނަނީ ކޮންޓްރެކްޓް އުސޫލުން ވަޒީފާއަށް ނަގާފައި ތިބި މުވައްޒަފުން ކަމަށް އެ ކުންފުނިން ބުނެފި އެވެ. ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ފެނަކާގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާއިރު، އެ ސައިޓެއްގައި ކުރާނެ މަސައްކަތެއް ނެތް ނަމަ އެ މުވައްޒަފެއްގެ ކޮންޓްރެކްޓް މުއްދަތު އިތުރު ނުކުރާ ކަމަށެވެ.

ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ. އެނގިފައިވާ ގޮތުގައި ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމަށް މަސައްކަތް ކުރައްވަނިކޮށެވެ. އޭނާގެ ޕާސްޕޯޓް މޯލްޑިވްސް އިމިގްރޭޝަނުން ހަ މަސް ދުވަހުގެ މުއްދަތަށް ހިފެހެއްޓީ ފުލުހުން އެދިގެންނެވެ.

ވަޒީރުންނަށް ރުހުން ނުދޭނެ ކަމުގެ ވަރުގަދަ އިންޒާރު އެމްޑީޕީގެ މެމްބަރުން ދީފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ނަމަ، އެމަނިކުފާނުގެ ސަރުކާރުގެ ކެބިނެޓް ވަޒީރުންނަށް ރުހުން ނުދެއްވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ދެއްވައިފި އެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަރަންޓާއި އައިސް ޕްލާންޓާއި ނަރުދަމާ އާއި ފެނުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށް ބުނެ، މަޖިލިހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ.