ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅޭގޮތަށް އޮތް އުސޫލު އުވާލައިފި އެވެ.
ރައީސް އޮފީހުން ގެޒެޓްކޮށްފައިވާ ގޮތުން، ގެޒެޓްކުރާ ދުވަހުން ފެށިގެން އެ އުސޫލަށް އަމަލުކުރާނެ އެވެ.
ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލަށް އަމަލުކުރަން ފަށާފައިވަނީ ޖެނުއަރީ 28، 2019ގަ އެވެ.
ރައީސް މުއިއްޒު ނިންމެވި ސަބަބެއްގެ ގޮތުގައި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކަށް ބިޑް ކުރުމުގެ އުސޫލު ވީހާ ވެސް ބޮޑަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމުގެ ބޭނުމުގައި ކަމަށެވެ.
އޭރު މި އުސޫލު ކަނޑައެޅީ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބޭރު ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑުކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސް ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގުމަށެވެ.
އެއްބަސްވުމާ ހިލާފުވެ، އެމެރިކާއިން އީރާނުގެ ބޯޓަކަށް ހަމަލާ ދީފި
އެކްޓް ކުރާނެ ފުރުސަތަކަށް އަރްޗަނާ އާދޭސް ކުރަނީ!
ހަނގުރާމައާއެކު ކަނޑުއަޑީގެ ދިރުންތަކަށް ނުރައްކާވެފައި!