ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުންކޮށްގެން އިންޑިއާ ސިފައިން ކުރަމުން އަންނަ މަސައްކަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތައުރީފް ކުރާ ކަމަށް އިންޑިއާ އިން ބުނެފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި 100 ދުވަސް ތެރޭގައި އިންޑިއާ ސިފައިން ފޮނުވާލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ. އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން އިންޑިއާއާ އެކު މަޝްވަރާކޮށް އެކަން ކުރިއަށް ގެންދަން ކޯ ގްރޫޕެއް އެކުލަވާލަން ދެ ގައުމުން މިހާރު ވަނީ އެއްބަސްވެފަ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ޝްރީ އަރިންދަމް ބަގްޗީ ކޮންމެ ހަފްތާއަކު ބާއްވަމުން އަންނަ ޕްރެސް ކޮންފަރެންސްގައި މިކަމާ ބެހޭ ގޮތުން އިއްޔެ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފަ އެވެ. އަދި ރާއްޖޭގައި ތިބި ސިފައިންގެ އަދަދާ ގުޅޭ ގޮތުން ތަފާތު ގޮތް ގޮތަށް ވާހަކަ ދައްކަމުންދާތީ އެކަމާ ގުޅޭ ގޮތުން ވެސް ނޫސްވެރިޔާ ސުވާލު ކުރި އެވެ.
އެ ސުވާލުގެ ޖަވާބުގައި އަރިންދަމް ވިދާޅުވީ ދުބާއީގައި ބޭއްވި ކޮޕް23 ސަމިޓްގެ ހަވާސާގައި ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލު ކުރެއްވި އިރު، ވަރަށް ގިނަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން އަރިންދަމް ވިދާޅުވީ އެމީހުންނަކީ އިންޑިއާ އިން ފޯރުކޮށްދީފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ބައެއް ކަމަށެވެ. އެމީހުންގެ ސަބަބުން ދިވެހި ރައްޔިތުންނަށް އިންސާނީ އެހީ އާއި ބަލި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި އެހީތެރިކަން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި ކޮންމެ ފަހަރަކު ހެން މިކަމުގައި ދިވެހި ސަރުކާރުން ތައުރީފް ކުރޭ،" އަރިންދަމް ވިދާޅުވި އެވެ.
އަރިންދަމް ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ރައީސް މުއިއްޒު ދުބާއީގައި ކުރެއްވި މަޝްވަރާތަކުގައި ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދެ ގައުމު ގުޅިގެން ކޯ ގްރޫޕެއް އުފައްދަން އެއްބަސްވެވަޑައިގެންނެވި ކަން ފާހަގަ ކުރެއްވި އެވެ. ނަމަވެސް ކޯ ގްރޫޕްގެ މަސައްކަތް ފެށި ކަމެއް ނުވަތަ ނޫން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަރިންދަމް އެއަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.
ރައީސް އޮފީހުގައި އެންމެ ފަހުން ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް ލިބުނު ލިޔުންތަކުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ޔަގީން ކުރެވިފައިނުވާ ކަމަށެވެ. ރައީސް ވިދާޅުވީ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން ލިބުނު ލިޔުންތަކުގައި 77 އިން ފެށިގެން 89 އާ ހަމައަށް ސިފައިންގެ އަދަދު ދައްކާ ކަމަށެވެ.
"އެއަށްވުރެ އިތުރު ވެސް ވެދާނެ. އަޅުގަނޑުމެންނަށް އަދިވެސް ހުރިހާ މައުލޫމާތެއް ސާފުވި ކަމަކަށް ނުބެލެވޭ. އެހެންވެ އަޅުގަނޑު ދެންނެވީ ޔަގީން ކުރަން ބޭނުންވެއޭ. މިއީ އަޅުގަނޑުމެންނަށް ފެނުނު ރޭންޖު އެކަމަކު އެއަށްވުރެ އިތުރު ވެސް ވެދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް އިންޑިއާ އެމްބަސީ އާއި ފޮރިން މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީ ހިމެނޭ ޓެކްނިކަލް ކޮމިޓީއަކުން ކުރަމުން އަންނަ ކަމަށާއި އެކަން ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. ރައީސް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި އިންޑިއާ ސިފައިން ފޮނުވާލަން އިންޑިއާ ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ކެމްޕެއިނެއް ހިންގެވި އެވެ. އަދި އެކަމާ ދެކޮޅަށް އޭރުގެ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އެޅި އެވެ.
މިސަރުކާރަކުން ގަބޫލް ނުކުރާނެ އިންޑިއާ ސިފައިން ކޮއްދޭ ހިދުމަތެއް މިސަރުކާރުގަ ތިބީ އިންޑިއާ އައުޓު ކިޔަން ދަންނަ މީހުން
ވިޔާފާރީގެ އިލްމް ބުނެދޭ އެއްޗެއް ނޫނޭ އެއީ އާންމު އެއް ފައިސާ ނޫޓް ހުރެމެ އެއީ މުޅި ދުނިޔެ ވިޔާފާރި ކުރަން ގެންގުޅޭ ނޫޓަކަށް ހެދުން ދުނިޔެ ފެށުނު އިރު ވިޔާފާރި ކުރަނީ ފައިސާ ނުލާ މުދާ އެހެން މުދަލަކަށް ބަދަލުކުރަނީއޭ މީ ދުނިޔޭގައި އިންސާނުން އާބާދުވާން ފެށިއިރު ބޭނުންކުރި ތިއަރީއަކީ މިތިއަރީ ގެންގުޅޭ ނަމަ ވިޔާފާރިކުރާ ދެގައުމު އެކުއެކީގައި ކުރިއަރައިގެންދާނެއޭ މިކަން ކުރެވޭނީ ޔޫއެސްޑޮލަރުން މުދާ ގަތުން ހުއްޓާލެވިގެންނޭ އެކަން ކުރެވޭނީ ޗައިނާއެކު ވިޔާފާރިކޮށްގެންނޭ