ހެދުން ފުރިހަމަވާނީ ރީތި ފައިވާނަކަށްވެސް އެރީމައެވެ. ހެދުމާ ގުޅޭ، މީހާއަށް ފަސޭހަ ފައިވާނަކަށް އެރީމައެވެ. ނަމަވެސް ފެޝަންގެ ނަމުގައި ކޮންމެ ކޮންމެ ފައިވާނަކަށް އެރުމަކީ ގޯސް ޚިޔާލެކެވެ.
މާހިރުން ވިދާޅުވާގޮތުގައި ހިޔާރު ކުރާ ފައިވާނެއްއްގެ ސަބަބުން ފައިތިލަޔަށް ގެއްލުން ލިބެ އެވެ. އެ ބޭފުޅުން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ބަލާލާފައިވަނީ ހުސްފައިގައި ދުވުމުންނާ ބޫޓުގައި ދުވުމުން ފަޔަށް ލިބޭ ގެއްލުންތަކަށެވެ. އޭގެ ނަތީޖާ ދައްކާގޮތުން ބޫޓުގައި ދުވުމަކީ ލޯންގް ރަން އަށް ބަލާނަމަ ފައިތިލައަށް ގެންލުން ބޮޑު ކަމެކެވެ.
މި ދިރާސާގައި ބުނެފައިވަނީ ބޫޓަށް އެރުމުން ފައިތިލައިގެ މަސްގަނޑު އިންނާނީ ރައްކާތެރި ވެފައި ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ފައިތިލައިގެ މަސްތަކަށް ލިބެންޖެހޭ އެކްސަސައިޒް ނުލިބޭނެ ކަމަށެވެ.
އާންމުކޮށް އަރައި އުޅޭ ބޫޓުތަކަށް ބަލާއިރު ހައިހީލްސްއަށް އެރުމަށްވުރެ ސްނީކާސްއަށް އެރުމަކީ ފައިގެ ސިއްހީ މައްސަލަތައް ކުޑަކޮށްދޭނެ ކަމެއްކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ހައި ހީލްސްއަށް އެރުމަކީ ފައިގެ މަސްތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށާއި ފައިގެ މަސްގަނޑާއި ނާރުގެ މައްސަލަތައްވެސް އޭގެ ސަބަބުން ދިމާވާނެކަން ޑޭނިއަލް ވަނީ މި ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.
އުމުރުން ދުވަސްވާ ވަރަކަށް އޭގެ އަސަރުތައް ބޮޑުވާނެކަން ފާހަގަ ކުރައްވައި ދިރާސާވެރިން ވިދާޅުވީ ހައި ހީލްސްއަށް ފައިގެ މަސްތަކާއި ނާރުތައް ނުހޭނޭނެ ކަމަށެވެ.