ޑިސެމްބަރު މަހުގެ ކުރީކޮޅު ނުކުތް ފިލްމު "އެނިމަލް" ބެލި މީހުން އެންމެ އަޅައިގަތް ކަމަކީ އެ ފިލްމުގެ ވިލަންގެ ރޯލުން ފެންނަ ބޮބީ ޑިއޯލްގެ ފުރަތަމަ މަންޒަރުގައި ފަހަތުން އިވުނު ލަވަ އެވެ.
ބޮބީގެ ކައިވެނި ދައްކުވައިދޭ މަންޒަރުގައި އެ ލަވައިގެ ކުޑަތަންކޮޅެއް އިވުނު ނަމަވެސް ފިލްމުގައި އެ ލަވައިގެ ފުރިހަމަ ވާޝަންއެއް އިވިފައެއް ނުވެ އެވެ.
އެހެން ނަމަވެސް ދާދި ފަހުން އެނިމަލްގެ މިއުޒިކް ޑިސްޓްރިބިއުޓަރު ޓީސީރީޒްއިން މިވަނީ އެ ލަވައިގެ ފުރިހަމަ އެކްސްޓަންޑެޑް ވާޝަން ޔޫޓިއުބަށް ނެރެފަ އެވެ.
ދެ މިނެޓްގެ ދިގު އެ ލަވައިގެ މިއުޒިކް ހަދާފައިވަނީ މީގެ ކުރިން ކަބީރު ސިންހް ފަދަ ކާމިޔާބު ފިލްމުތަކަށް ލަވަ ހަދައިދީފައިވާ ހަރްޝްވަރްދަން ރަމޭޝްވަރު އެވެ.
މި ލަވައަކީ މީގެ 60 ވަރަކަށް އަހަރު ކުރިން އީރާނުގެ ޚަތާރާ ގްރޫޕުން ހެދި ލަވައެއް ކަމަށްވާ "ޖަމަލް ޖަމަލޫ"ގެ ރީމޭކް އެކެވެ.
"ޖަމަލް ކުޑޫ" އާއްމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާއިރު ބައެއް އަމިއްލަ ފަންނާނުން އަންނަނީ ލަވައިގެ އެމީހުންގެ އަމިއްލަ ވާޝަންތައް ވެސް ހަދަމުންނެވެ.
"ހަޤް" ފިލްމުގެ ރޯލަށް ޔާމީ ގުރުއާން ދަސްކުރި ކަމަށް ބުނެފި
އިޓަލީ ވޯލްޑް ކަޕަށް ގެންނަން އުޅޭތީ ފާޑުކިޔުން
ހޮރްމޫޒުން ދަތުރުކުރާ ސްޕެއިން ބޯޓުތަކުން ފީ ނުނަގަން ނިންމައިފި