ޣައްޒާގައި ޝަހީދުވަމުންދާ މުސްލިމުންގެ ކަފުނަށް ފުރައްސާރަކޮށް މަޝްހޫރު ފެޝަން ބްރޭންޑް "ޒާރާ"އިން ކުރި ކެމްޕެއިންއާއެކު އެ ކުންފުނީގެ ވިޔަފާރި ބޮޑުތަނުން ދަށަށް ގޮސްފި އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޒާރާގެ އެ ކެމްޕެއިންގެ ފަހުން އެ ބްރޭންޑްގެ ވިޔަފާރި ކުރިއަރާ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު އަޅާބަލާއިރު ވަނީ ދަށްވެފަ އެވެ.

ޒާރާއިން ނެރުނު ހެދުމުގައި ފެންނަނީ މައްޔިތެއްގެ ކަފުނެއް ފަދަ އެއްޗެއް ސިފަވާ ގޮތަށް މޮޑެލްގެ ކޮނޑުމަތީގައި ހަރުކޮށްފައި ހުރި ތަނެވެ.

އެއާއެކު ޒާރާގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ގޮވާލައި މުޅި ދުނިޔޭގައި ހަޅުތާލު ކުރަން ފެށިއިރު ބައެއް މީހުން ވަނީ އެ ބްރޭންޑްގެ ފިހާރަތަކަށް ގެއްލުން ވެސް ދީފަ އެވެ.

އާއްމުންގެ ނުރުހުން އާއްމުވާން ފެށުމާއެކު ފަހުން ޒާރާއިން ވަނީ އެ ކަމަށް މައާފަށް އެދި އެ ކުންފުނީގެ ބޭނުމަކަށްވީ ޝަހީދުވަމުން އަންނަ މީހުންނަށް ފުރައްސާރަ ކުރުން ނޫން ކަމަށް ބުނެފަ އެވެ.