އަބީޝޭކް ބައްޗަންއާއި އައިޝްވާރްޔާ ރާއީގެ ދަރިފުޅު އާރަދްޔާ ބައްޗަންގެ އެކްޓިން ހުނަރަށް އާއްމުންގެ ތައުރީފު އޮހެމުން އެބަދެ އެވެ.
އާރަދްޔާ އޭނާގެ އެކްޓިން ހުނަރު ދައްކައިދީފައިވަނީ އޭނާ ކިޔަވަމުން އަންނަ ދިރުބައި އަމްބާނީ ސްކޫލުގެ އަހަރީ ހަފްލާގައި ހުށަައަޅައިދިން ޑްރާމާއަކުންނެވެ.
ކަޅު ހެދުމެއްގައި ޑިޒްނީގެ ސްނޯ ވައިޓްއިން ފެންނަ ނުބައި ދޮން މަންމަގެ ރޯލު އާރަދްޔާ ކުޅުނުއިރު އެއީ އޭނާ އެކްޓުކުރާ ފުރަތަމަ ފަހަރު ކަމެއް ބުނާކަށް ނޭނގެ އެވެ.
އެ ޑްރާމާގައި އާރަދްޔާ ދައްކައިދިން އެކްޓިންއިން އޭނާގެ މަންމަ އައިޝްވާރްޔާގެ ޒުވާން ދުވަސްވަރު ހަނދާން އާވާ ކަމަށް އާއްމުން އަންނަނީ ބުނަމުންނެވެ.
އާރަދްޔާގެ ހުށައެޅުން ފެންނަ ވީޑިއޯއެއް މިހާރު އިންޓަނެޓުގައި ދައުރުވަމުން އަންނައިރު ޑްރާމާ ބަލަން ގޮސް ތިބި މީހުންގެ ތެރޭގައި އަބީޝޭކްއާއި އައިޝްވާރްޔާ ވެސް ފެނެ އެވެ.
އަބީޝޭކްއާއި އައިޝްވާރްޔާ އެކުގައި ފެނިފައި މިވަނީ އެ ދެމީހުންގެ ކައިވެނީގައި މައްސަލަތަކެއް ޖެހި އައިޝްވާރްޔާ ގެއިން ނުކުމެފައިވާ ކަމުގެ ހަބަރުތަކެއް ވެސް އާއްމުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ލުބުނާނާއި އިޒްރޭލުގެ އެއްބަސްވުން 3 ހަފްތާއަށް އިތުރުކޮށްފި
ގަލަފް ސަރަހައްދުގަ 40 އަށްވުރެ ގިނަ އުޅަނދު ތާށިވެފައި
އެއްބަސްވުމާ ހިލާފުވެ، އިޒްރޭލުން ލުބްނާނަށް ހަމަލަދޭން ފަށައިފި