ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލިހަށް ފޮނުވީ މިދިޔަ މަހުގެ 20 ގަ އެވެ. އެ މައްސަލައިގައި މަޖިލިހުގެ ކޮމިޓީން ނިންމާފައި ވަނީ ވަޒީރުންނަށް ވަކި ވަކިން ވޯޓަށް އެހުމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަކިކުރެވޭ ގޮތް އިސްލާހު ކުރަން މަޖިލީހުގެ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ މައްސަލަ ވެސް ވަނީ މާދަމާގެ އެޖެންޑާގައި ހިމަނައިފަ އެވެ. އަދި ނުނިމި ހުރި ވަރަށް ގިނަ ބިލްތަކެއްގެ މައްސަލައިގައި ގޮތެއް ނިންމުމަށް ވެސް އެޖެންޑާގައި ހިމަނާފައިވެ އެވެ.
ކެބިނެޓުގައި ހިމެނޭ 22 މިނިސްޓަރުން- މިނިސްޓާ އޮފް ޑިފެންސް މުހައްމަދު ގައްސާން މައުމޫން
- މިނިސްޓާ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު
- މިނިސްޓާ އޮފް ފިނޭންސް ޑރ. މުހައްމަދު ޝަފީގު
- އެޓާނީ ޖެނެރަލް އަހްމަދު އުޝާމް
- މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން
- މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު
- މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީއު
- މިނިސްޓާ އޮފް ޓޫރިޒަމް އިބްރާހިމް ފައިސަލް
- މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓު ޑރ. އަލީ ހައިދަރު
- މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- މިނިސްޓާ އޮފް ހެލްތު ޑރ. އަބްދުالله ހަލީލް
- މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް
- މިނިސްޓާ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު
- މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން
- މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން, ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ޑރ. މަރިޔަމް މާރިޔާ
- މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުالله މުއްތޮލިބު
- މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. އައިޝަތު ރަމީލާ
- މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމް
- މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖު, އެންވަޔަރަމަންޓު އެންޑް އެނާޖީ ތޯރިގު އިބްރާހިމް
- މިނިސްޓާ އޮފް ދިވެހި ލޭންޖުއޭޖް, ކަލްޗާ އެންޑް ހެރިޓޭޖު އާދަމް ނަސީރު އިބްރާހިމް
- މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓު, އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑު)
- މިނިސްޓާ އޮފް ސްޕޯޓްސް, ފިޓްނެސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުالله ރާފިއު
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށްފައިވާ އިރު، އެމްޑީޕީގެ މެންބަރުން ވަނީ ވަޒީރުންނަށް ރުހުން ނުދޭނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
މާލެ ސަރަހައްދު ދަމަކް އިން ހަދަމުންދާ ރިސޯރޓްގައި އައިމާ އިން ހިންގާ މަޝްރޫއުގައި އެކުންފުނީގެ އިސް މުވައްޒަފުން އައިމާ އިން ސަބް ކޮންޓްރެކްޓް ނަގައިގެން ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވަމުންދަނީ 300 މީހުން އެބައުޅޭ އެކަން ނުފެނޭ ދާޚިލީ ވަޒީރަށް މިކަމަކީ ސީދާ ގާނޫނާއި ޚިލާފަށް އައިމާ އާއި ދަމަކް ގުޅިގެން ކުރާ ބޮޑު ވައްކަމެކޭ ވައްކަމަކަށް ވަނީ ވިސާފީ ނުދައްކާ ބިދޭސީން ލައްވާ ރިސޯރޓް ހަދާތީވެ އައިމާ އެއީ މިކަންކުރާ
ގަވާއިދާއި ޚިލާފަށް އުޅޭ އެންމެ ބަންގާޅީ އެއްވެސް މާލެސަރަހައްދުން މަދެއް ނުވޭ މަދުކުރަން ބޭނުންނަމަ ފެރީ ޓިކެޓް އަދި ބަސް ދަތުރު ބޭރު މީހުން ކުރާއިރު ސައްހަ ވާރކް ވިސާ ނެތި ދަތުރު ކުރެވެނީ ކިއެއްވެތޭ މީ ސަރުކާރުން ސީދާ އެކަމަށްދޭ ހިތްވަރު ނޫންތޭ ދެން ހުރިހާ ރިސޯރޓް ތަކުގެ ކެޝުއަލް ލޭބަރުންގެ ގޮތުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސިން ތިބޭ އިރު ފުލުހުން ހަފްތާ އަކު 2 ފަހަރު ރިސޯރޓް ތަކަށް ނާންގާ ގޮސް ރިސޯރޓް ތަކަށް އަރާ އެކަން ނުބަލަނީ ކިއެއްވެތޭ
އެކަކަށް ވެސް ރުހުންދޭނެ ކަމެއް ނެތޭ މުޅިން މުނާފިގުންނޭ ތިޔާއީ ހުރިހާ ވަޒީރުންނަކީ ލެޖިޓެމިސީ ގެއްލިފައިވާ ވަޒީރުންނޭ ހުރިހާ ވަޒީރު ން ގެއަށް ކަނޑާލަން އަންގާށޭ ކަނޑާލާ ކަނޑާލާ ކަނޑާލާ