އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި ފާތުމަތު ތައުފީގު އެ މަގާމުން ވަކިކޮށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފި އެވެ.

ފާތުމަތު ފުރަތަމަ އައްޔަންކުރަން ސަރުކާރުން ނިންނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރީ މާލީ އިދާރާތަކުގެ އިސްވެރިންނަށް އައްޔަންކުރާ މީހުންނަށް އެމްއެމްއޭ އިން ދޭ "ފިޓް އެންޑް ޕްރޮޕާ" ޓެސްޓުން ފެއިލްވުމުން ކަމަށްވެ އެވެ.

އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ އެމްއެމްޕީއާރުސީގެ އެމްޑީއަކަށް އައްޔަން ކުރެއްވުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގައި އެދިފަ އެވެ.

ޕީސީބީއިން އޭނާ އެމްއެމްޕީއާރުސީގެ އެމްޑީއަކަށް ހަމަޖައްސައި އެކަން އަންގާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

އެމްއެމްޕީއާރުސީން މިއަދު އިއުލާނުކުރި ގޮތުގައި ފާތުމަތު ވަނީ އެ ކޯޕަރޭޝަނުގެ އެމްޑީއަކަށް އައްޔަންކޮށްފަ އެވެ.

އެމްއެމްޕީއާރްސީ އަކީ ރާއްޖޭ އިޝްތިހާރު ކުރުމުގެ ޒިންމާ އަދާކުރާ ކުންފުންޏެވެ. އެ ކުންފުނި އެއްކޮށް ރީބްރޭންޑް ކުރުމަށް މި ސަރުކާރުން ވަނީ ނިންމާފަ އެވެ.