ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކްރިސްޓިއަން ދީނުގެ ދުވަހެއް ކަމަށްވާ ކްރިސްމަސް ފާހަގަ ކުރާ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މިރޭ ދީފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ކްރިސްމަސް ފާހަގަކުރުމަށް އެއްވެސް ހަރަކާތެއް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކުރިއަށް ނުގެންދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުން މަނާ ކަމެއްކަން ފުލުހުން ހަނދާންކޮށްދިނެވެ.
"ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ހަރަކާތެއް ނުހިންގުމަށާއި މިފަދަ ހަރަކާތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
މީގެ ކުރިން ބައެއް ރަށްރަށުގެ ގެސްޓްހައުސްތަކުގައި ކްރިސްމަސް ފާހަގަ ކުރުމުގެ ޝަކުވާތައް އާންމުން ކުރުމުން ފުލުހުން ހުއްޓުވާފައިވެ އެވެ. އެކަމަކު، ރާއްޖޭގެ ރިސޯޓުތަކުގައި ކުލަ ގަދަކޮށް ކްރިސްމަސް ފާހަގަ ކުރެ އެވެ.
ފުށިދިއްގަރު ފަޅުހިއްކުމުގެ ވާހަކަ ސަރުކާރުން ފުއްޕާފައި ދައްކާއިރު ރައްޔިތުންގެ %95 އެބުނަނީ ލަންކާ ކުންފުނިން އެއްވެސް މަސައްކަތެއް ނުކުރާއިރު އެމެންނަށް ހުޅުމާލޭ 100 ހެކްޓަރުގެ ބިން ހިލޭދީގެން އެބިންތައް އިންޑިއާ ކުންފުނި ތަކަށް ވިއްކާލައިގެން ލިބޭ ފައިސާގެ %95 ކަޓްގެ ގޮތުގައި މުއިއްޒަށް ލިބޭ ގޮތް ހެދުން އެއީ ހަމަ ހަގީގަތުގައިވެސް ސަރުކާރުން ކުރަމުންދާ ވައްކަންތޭ ވައްކަން ނުކުރާނަމަ އެމްޓީސީސީގެ ކޮންނަބޯޓް ލަންކާ ކުންފުނިން ބޭނުން ކުރަނީ
މަޝްރޫއު ތައް ދިވެހި ކުންފުނި ތަކަށްދޭންދޯ އެމްޓީސީސީގެ ކޮންނަ ބޯޓެއް ލަންކާ ކުންފުންނަކަށް ހިލޭދީގެން ފުށިދިއްގަރު ފަޅު ހިއްކާ އެމެން ނުވެސް ހިއްކާ ހުޅުމާލޭ 1 އިން 100 ހެކްޓަރުގެ ބިން ހިލޭ ލަންކާ ކުންފުންނަށް ދިނީ މިކަން ފޮރުވަންވެގެން ދެން ކޮންމެވެސް ދޮގެއް ހަދާލާ މަކަރާއި ހީލަތް ހަދާލަނީއޭ ބުނަން މަމެން ނެތީމޭ އެލިސަން ޖަނާ ނުދަރާ އޮތީ ކިތައް މީހުންނަށް ތޭ މުއިއްޒު އަޅެ ބުނެދީބަލަ
ފުށިދިއްގަރު ފަޅުހިއްކާ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން ލަންކާ ކުންފުންނާއި އެކު ވެފައިވާ އެއްބަސްވުން ހާމަ ކުރުމަށްޓަކައި އެއެއްބަސްވުން ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަންވީ ނޫންތޭ އެއިރުން ސަރުކާރަށް ވަގަށް ގޮވަމުން މިކަމުގައި މިދާ ދިއުމަށް ހުއްޓުން އަންނާނެ ނޫންތޭ ވަގުންނޭ ވަގުންނޭ ވަގުންނޭ
ކޮޕް 28 ސަމިޓަކީ ޔޫރަޕް އާއި އެމެރިކާގެ ވަގުން ތަކެއް ވެގެން އެމެރިކާގެ ބާރު ދުނިޔޭގައި ކެނޑެމުންދާތީވެ އެމެން ޕްރޮފެގެންޑާ ފަތުރަން ކުރާ ކަމެކޭ ފުރަތަމަ ސަރުކާރުން ސޯލަރ ޕެނަލް ޖަހަމުން އޭޑީބީން ބުނި ތެޔޮ ސަލާމަތްވާނެއޭ ނުވުމުން ދެން ބުނީ ބެޓްރީ ބެހެއްޓުމުން އެކަންވާނެއޭ ދެން ބެޓްރީ ބެހެއްޓުމުން އެކަން ނުވުމުން ބުނާނީ އެސިޑް ބެޓްރީ އަށް ބަދަލުކުރަންވީއޭ މިއިން ކޮންމެ ކަމަކަށް ބޮޑު ލޯނެއް ނަގާ ލޯން ދައްކަންޖެހޭ އެކަމަކު ލޯނަށް ހޭދަކުރި ފައިސާ
އެމްޓީސީސީ ގެ ޑްރެޖަރު ބޭނުންކޮށްގެން ފުށިދިއްގަރު ފަޅު ހިއްކާއިރު ދެން އެއްވެސް މެޝިނަރީ އެއް އަދި ވެހިކަލެއް ވެސް ނެތް އަދި ފައިސާ އެއްވެސް ނެތް ލަންކާ ކުންފުންނެއް ނަމުގައި ފުށިދިއްގަރު ހިއްކާ ކަމަށް ސަރުކާރުން ބުނަނީ ހަގީގަތުގައި ތިޔާ ފަޅު ހިއްކަނީ އެމްޓީސީސީންނޭ ދެން ލަންކާކުންފުންޏަށް ހުޅުމާލޭން 100 ހެކްޓަރުގެ ބިން ހިލޭ ދޭންޖެހެނީ ކިއެއްވެތޭ މީ ސީދާ މުއިއްޒު ސަރުކާރުން މަޖްލީހުގެ އިންތިޚާބަށް ލަންކާ ކުންފުނިން 250 މިލިއަން ޑޮލަރުހޯދަން