އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކުރި ދުވަހަކަށް މިދިޔަ ހޮނިހިރު ދުވަސް ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާތު ހިސާބުތަށް ދައްކާ ގޮތުން މިދިޔަ ހޮނިހިރު ދުވަހު 8،054 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އަދި ޓޫރިޒަމް މައި ސީޒަން އާއި އަހަރު ނިންމާ ދުނިޔޭގެ ބޮޑު ބަންދާ ދިމާކޮށް އަންނަ ޓޫރިސްޓުން އިތުރުވުމުން ޑެއިލީ އެރައިވަލްސް މިހާރު ވަނީ 6،000 އަށް ވުރެ މަތިވެފަ އެވެ.

އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުތައް:

  • ރަޝިއާ - 200,894
  • އިންޑިއާ - 200,744
  • ޗައިނާ - 184,152
  • އިނގިރޭސިވިލާތް - 149,115
  • ޖަރުމަރު - 129,915
  • އިޓަލީ - 106,910

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1,821,338 މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،135 ތަނެއް ވަނީ ހުޅުވާފަ އެވެ. މީގެ ތެރޭގައި ރިސޯޓްތަކާއި، ހޮޓެލްތަކާއި، ގެސްޓްހައުސްތަކާއި އަދި ސަފާރީތައް ހިމެނެ އެވެ. މިހުރިހައި ތަނެއް އެއްކޮށްލުމުން ފަތުރުވެރިންނަށް ހިދުމަތްދިނުމަށް ނެރެފައިވާ އެނދުގެ އަދަދު 61،207 އަށް އަރަ އެވެ.

އަންނަ އަހަރަށް ސަރުކާރުން ވަނީ ދެ މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފަ އެވެ.