ރައީސް ޑރ. މުހައްމަދު މުއިއްޒު، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ މިއަދު އައްޔަނުކުރައްވައިފި އެވެ.

ޒުލްފާ އެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަފްޝަން ލަތީފް މިދިޔަ 15 މެއިގައި އިސްތިއުފާ ދެއްވުމުންނެވެ.

ޒުލްފާއަކީ ކޮންސްޓިޓިއުޝަނަލް ލޯއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ އާބާދީ އާއި ޕްލޭނިން އާއި ބިޒްނަސް އެޑިއުކޭޝަނާއެކު ޕީއެޗްޑީވެސް ހާސިލު ކުރައްވައިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޒުލްފާ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ނަޝީދު އަމިއްލަފުޅަށް ރައީސް ކަމުން އިސްތިއުފާ ދެއްވުމުން އޭރު އެކަމަނާ ދިރިއުޅުއްވުން ރާއްޖެ އިން ބޭރަށް ބަދަލު ކުރެއްވި އެވެ.

ނަމަވެސް 11 އަހަރުގެ ދިގު މުއްދަތަކަށް ފަހު އެކަމަނާ ވަނީ މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ ވަޑައިގެންފަ އެވެ. ޒުލްފާ މި ފަހުން ވަނީ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ ވެސް ގުޅިވަޑައިގެންފަ އެވެ.