ހުޅުމާލެއާ ދިމާލުން ބޭރުގައި އޮތް ޑައިވިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި މިއަދު ބުރިވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެއާ ދިމާ ބޭރުގައި އޮންނަ ޑައިވިން ޕޮއިންޓަށް ގޮސް މައްޗަށް އެރި ވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 8:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ އެމެރިކާގެ 63 އަހަރުގެ އަންހެން ފަތުރުވެރިއަކަށެވެ.
އެމީހާގެ ފައިގެ ކަކުލުން ތިރި އެއްކޮށް ބުރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ބަންގްލަދޭޝްގައި ހިމަބިހި ފެތުރި 500 ކުދިން މަރުވެއްޖެ
އުމުރުން ދުވަސްވާ ވަރަކަށް އަވަސް އަވަހަށް ކުޑަކަމު ދެެވޭތަ؟
މަދޫރީއާއި ޓްރިޕްތީ ފެނިގެންދާ "މާ ބެހެން"ގެ ޓްރެއިލާ ނެރެފި