މި އާއިލާގެ އެންމެ ކުރު މެމްބަރުގެ އިސްކޮޅުގައި ހުންނަނީ ހަ ފޫޓު ދެ އިންޗި އެވެ. އެމެރިކާގެ މިނިއެސްޓޯގައި ދިރިއުޅޭ ޓްރެޕް އާއިލާގެ އެވްރެޖް އިސްކޮޅަކީ ހަ ފޫޓް އަށް އިންޗި އެވެ.

ސްކޮޓް ޓްރެޕްއާއި އޭނާގެ އަންހެނުންގެ އިތުރުން ތިން ދަރިން އެކުލެވޭ ފަސް މެމްބަރުންގެ މި އާއިލާ ވަނީ ދުނިޔޭގައި މިވަގުތު ތިބި އެންމަ ދިގު އާއިލާގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ.

ޓްރެޕް އާއިލާގެ ވަކި ވަކި މެމްބަރުންގެ އިސްކޮޅަކީ:

  • ސްކޮޓް ޓްރެޕް (ބައްޕަ): ހަ ފޫޓު ހަ އިންޗި
  • ކްރިސްޓީން ޓްރެޕް (މަންމަ): ހަ ފޫޓު ދެ އިންޗި
  • ސަވާނާ ޓްރެޕް (އަންހެން ދަރިފުޅު): ހަ ފޫޓު ހަ އިންޗި
  • އެޑަމް ޓްރެޕް (ފިރިހެން ދަރިފުޅު): ހަތް ފޫޓު ދެ އިންޗި
  • މޮލީ ސްޓީޑް ( އަންހެން ދަރިފުޅު): ހަ ފޫޓު ހަތަރު އިންޗި

ސްކޮޓް ބުނި ގޮތުގައި އޭނާގެ ދަރިންގެ އިސްކޮޅު އެދެމަފިރިންގެ އިސްކޮޅާ ބަލާއިރު އެވްރެޖްކޮށް ދިގެވެ. މިއީ އެމީހުންގެ ގާތްތިމާގެ މީހުންނާ އަޅާބަލާއިރު ވެސް އާދަޔާ ޚިލާފު އިސްކޮޅެކެވެ.

އެއާއިލާގެ އިސްކޮޅަކީ ގޭތެރޭގެ ގިނަ ކަންކަމުގައި އެހީވާ ކަމެއް ކަމަށް ބުނަމުން ސްކޮޓް ބުނީ އެގެއަށް ހަރުގަނޑެއް ވެސް ބޭނުން ނުވާ ކަމަށެވެ.

އިސްކޮޅުގެ ސަބަބުން ސްކޫލު ދައުރުގައި ވެސް ފައިދާތަކެއް ލިބުނު ކަމަށް ސަވާނާއާއި އެޑަމް ބުންޏެވެ. އެގޮތުން އަންހެން ދެ ދަރިން ބާސްކެޓްބޯޅަ ކުޅުނު އިރު އެޑަމްއަކޭ ވޮލީބޯޅަ ކުޅުންތެރި އެކެވެ.

އެހެން ނަމަވެސް އިސްކޮޅުން ދިގުވުމުން ގިނަ ގޮންޖެހުންތަކެއް ކުރިމތިވާ ކަމަށް ވެސް އެމީހުން ބުނެ އެވެ. އޭގެ ތެރޭގައި ތަންތަނުގައި ފަސޭހައިން ޖެހުމާއި އާދައިގެ ކާރުތަކަށް އަރައި އުޅުމުގައި ހުރި ދަތިތައް ފާހަގަ ކުރި އެވެ.

ހަމައެއާއެކު ކުރިމަތިވާ އަނެއް ގޮންޖެހުމަކީ ހެޔޮވަރު އަންނައުނު ނުލިބުން ކަމަށް ހުރިހާ މެމްބަރުން އެއްބަސްވެ އެވެ. ހާއްސަކޮށް ހެޔޮވަރު ޖީންސާއި ބޫޓު ހޯދުމަކީ ނުވުން ގާތް ކަމެއްގެ ގޮތުގައި އެމީހުން ސިފަ ކުރެ އެވެ.

މި ގޮންޖެހުންތަކާއެކު ވެސް އެއާއިލާއަކީ ތަފާތު އާއިލާއަކަށް ވީތީ އެމީހުން އުފާ ކުރެ އެވެ. އަދި އިސްކޮޅާމެދު ހީ ސަމާސާކޮށް ހަދަ އެވެ.

"މީހުން ތަކެއްގެ ތެރެއިން ގެއްލިއްޖެ ނަމަ ހޯދަ