މި އަހަރުގެ ފުރަތަމަ ތިން ހަފުތާގައި ރާއްޖެއަށް 128،548 ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 11.6 ޕަސަންޓް އިތުރުވެފަ އެވެ.

ރާއްޖެއަށް މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 115،187 ޓޫރިސްޓުންނެވެ.

ޓޫރިޒަމް ގަދަ 10 ގައުމު

  • ރަޝިއާ 14،495
  • އިޓަލީ 13,965
  • ޔޫކޭ 10,689
  • ޗައިނާ 10,113
  • އިންޑިއާ 9،744
  • ޖަރުމަނު 8،013
  • އެމެރިކާ 4،857
  • ފްރާންސް 4،471
  • ޕޮލެންޑް 3،685
  • ކަޒަކިސްތާން 2،717

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެވަރެޖްކޮށް ދުވާލަކު 6،121 ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ. އަދި އެވަރެޖްކޮށް އަށް ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ވަގުތު ރާއްޖޭގައި 176 ރިސޯޓާއި 809 ގެސްޓްހައުސް އާއި 140 ސަފާރީ އަދި 15 ހޮޓާ ދަނީ ބޭނުން ކުރަމުންނެވެ.