ސަސްޕެންޑްގައި ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ބަލަމުންދާ މައްސަލައާ ގުޅިގެން ސަސްޕެންޝަނުގައި ހުންނެވުމަށް ފަހު އޭނާ ވަކިވެވަޑައިގަތުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ކޮމިޝަނާއި އެޑިއުކޭޝަނަށް ސިޓީ ފޮނުއްވައިފަ އެވެ.

އަހުމަދު އަލީ އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އައްޔަނުކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ޖޫން 13، 2019 ގައެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އޭނާ ސަސްޕެންޑްކުރީ މިދިޔަ ޖެނުއަރީ މަހު 3 ވަނަ ދުވަހުގަ އެވެ.

މުސާރަ ހިނގާ ގޮތަށް އަހްމަދު އަލީ ސަސްޕެންޑް ކުރީ ސީއެސްސީއަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.