އޭޝިޔާ ސަރަޙައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް އޭއެފްސީ އޭޝިއަން ކަޕް މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ދަނީ ކުރިއަށެވެ. މިހާރު މިވަނީ މުބާރާތުގެ ފައިނަލާއި ހަމައަށް ދެ ޓީމު ދަތުރުކޮށްފަ އެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރޭ 8:00 ގަ އެވެ. މުބާރާތުގެ އެހެނިހެން މެޗުތަކެކޭ އެއްފަދައިން ފައިނަލް މެޗުވެސް ވަގުތުން މީޑިއާނެޓު މެދުވެރިކޮށް އައިސް ސްޕޯޓްސް (މީޑިއާނެޓު ޗެނަލް 102) އިން ފެންނާނެ އެވެ.

ވަރުގަދަ މެޗުތަކަކާއި ތަފާތު ނަތީޖާތަކެއް ފެނިގެންދިއަ މި މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައިވަނީ ޖޯޑަން އަދި މުބާރާތް ބާއްވާ ގައުމު ގަތަރެވެ.

ޖޯޑަން

ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގެ ގެ 87 ވަނައިގައި އޮތް ޖޯޑަން އާއި މެދު މި މުބާރާތް ފެށުންއިރު ގިނަ ބަޔަކު މާ ބޮޑު އުންމީދުތަކެއް ނެތެވެ. ނަމަވެސް ކުރިން ބެލެވުނު ގޮތާއި ޚިލާފަށް ޖޯޑަން ޓީމު މި ވަނީ ބޮޑެތި ޓީމުތައް ފަހަތައް ޖައްސާލުމަށްފަހު މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިއީ މުބާރާތުގެ މި ސްޓޭޖަށް ޖޯޑަން ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

ޖޯޑަން ޓީމު ފާހަގަކޮށްލެވެނީ މި މުބާރާތުގެ އަންޑަ ޑޯގްސް ގޮތުގަ އެވެ. ގަދަ 16 އަށް ދަތުކުރީ ވެސް ކިރިޔާ އެވެ. ގްރޫޕުގެ 3 ވަނާގައި އޮވެ ޖޯޑަންއަށް ގަދަ 16 އިން ޖާގަ ލިބުނީ 3 ވަނައަށް ދާ ޓީމުތަކުގެ ތެރެއިން ލިބޭ ޖާގަ އަކަށެވެ. ނަމަވެސް ގަދަ 16 އިން ފަށައިގެން ޓީމުން އަންނަނީ ތަފާތު ދައްކަމުންނެވެ. އެގޮތުން ގަދަ 16ގައި އޭޝިއާގައި ނަން ވިދާލެވޭ ޓީމެއް ކަމުގައިވާ އިރާގް އަތުން ޖޯޑަން މެޗު ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެއަށްފަހު ކުއާޓަ ފައިނަލުގައި ތަޖިކިސްތާނު މައްޗައް ކުރި ހޯދި އެވެ. ސެމީ ފައިނަލުގައި ވާދަ ކުރަން ޖެހުނީ އޭޝިއާގެ އެންމެ ކާމިޔާބު އެއްޓީމު އަދި ޔޫރަޕުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިން އެންމެ ގިނަ އެއް ގައުމު ކަމަށްވާ ސައުތު ކޮރެއާއާ އެވެ. މިމަހު 6 ވަނަ ދުވަހު ކުޅުނު މި މެޗު 2-0 ގެ ސަޕްރައިޒިން ނަތީޖާއަކުން ކާމިޔާބުކޮށް ޖޯޑަން މިވަނީ މުބާރާތުގެ ތަށި ކާމިޔާބުކުރުމާ ގާތަށް ޖެހިލާފަ އެވެ.

ގަތަރު

މުބާރާތް ބާއްވާ ގަތަރު ޓީމަކީ އެންމެ ފަހުގެ އޭޝިއަން ކަޕުގެ ޗެމްޕިއަނުންނެވެ. އަދި މި ޓީމުންވަނީ މުބާރާތް ބާއްވާ ގައުމުގެ ޙައިސިއްޔަތުން 2022 ވަނަ އަހަރުގެ ވޯރލްޑް ކަޕުގައި ވާދަކޮށް މޮޅު ކުޅުމެއް ދައްކާފައެވެ. މި މުބާރާތަށް މިޓީމު ނުކުމެފައިވަނީ ވެސް މުބާރާތުގެ އެއް ފޭވަރިޓުންގެ ގޮތުގަ އެވެ.

ގަތަރުން ގްރޫޕު ސްޓޭޖް ނިންމާލީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ހުރިހާ މެޗެއް ކާމިޔާބުކޮށް ބައިކޮޅަށް އެންމެ ލަނޑެއް ވެސް ނުވަދެ އެވެ. އެއަށްފަހު ގަދަ 16ގައި ފަލަސްތީނާ ބައްދަލުކޮށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދި އެވެ. ކުއާޓާ ފައިނަލުގައި ގަތަރުން ކުރިމަތިލާން ޖެހުނީ ފުޓުބޯޅައިގައި ކުރިއަރަމުން އަންނަ ގައުމު އުޒްބެކިސްތާނާ އެވެ.

މި މެޗު ގަތަރަށް ކާމިޔާބުވީ ޕެނަލްޓީ ޖަހައިގެންނެވެ. މިމަހު 7 ވަނަ ދުވަހު ކުޅެވުނު ސެމީ ފައިނަލުގައި ގަތަރުން ވަނީ ވަރުގަދަ އީރާން 3-2 ގެ ނަތީޖާއަކުން ފަހަތައް ޖައްސާ ފައިނަލުގެ ޖާގަ ޔަގީންކޮށްފަ އެވެ.

މިއަންނަ ހޮނިހިރު ދުވަހު ކުޅެވޭ މިމެޗަށްފަހު އޭޝިއާގެ ފުޓުބޯޅައިގައި ރަސްކަން ކުރާނީ ކޮން ގައުމެއްކަން ޔަގީން ވެގެންދާނެ އެވެ. މީޑިއާނެޓް ކަސްޓަމަރުންނަށް މި މެޗު ވަގުތުން ޓީވީ މެދުވެރިކޮށް އަދި އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ފޯނުން ވެސް ބަލާލެވޭނެ އެވެ.

މީޑިއާނެޓުން އަންނަނީ ދުނިޔޭގެ އެންމެ ބޮޑު 4 ލީގު އަތި އެކިކަންކޮޅުތަކުގައި ބާއްވާ އެންމެ ފޯރިގަދަ ކުޅިވަރު މުބާރާތްތައް ދިވެހިންނާ ހަމައަށް ގެނެސްދެމުންނެވެ.