ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި "ސްމާޓް ގޭޓް"ގެ ހިދުމަތް ތައާރަފްކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

ވީއައިއޭގެ ޕެސެންޖާ ޓާމިނަލްގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި ހިދުމަތް ތައާރަފްކޮށްދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދާއި ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދެވެ.

ސްމާގް ގޭޓް ހިދުމަތް ދޭން ފެށުމާ ގުޅިގެން ރާއްޖެއަށް ޒިޔާރަތް ކުރާ މީހުންގެ ލަގެޖުގެ ތެރެއިން ކަސްޓަމްސްއިން އިތުރަށް ބަލައި ފާސްކުރަންޖެހޭ ލަގެޖުތަކުގައި ކުރިން ބޭނުންކުރަމުން އައި ރަތް ސްޓިކާގެ ބަދަލުގައި ދެން ބޭނުންކުރާނީ ރޭޑިއޯ ފްރީކުއަންސީ އައިޑެންޓިފިކޭޝަން (އާރްއެފްއައިޑީ) ޓެގްތަކެވެ.

އާރްއެފްއައިޑީ ޓެގް ހަރުކޮށްފައިވާ ލަގެޖެއް ގެންގުޅޭނަމަ ވެރިފަރާތުން ރެޑް ޗެނަލަށް ގޮސް ކަސްޓަމްސް ކްލިއަރަންސް ހަދަންޖެހޭނެ އެވެ.

މިކަމުގެ ސަބަބުން އެއާޕޯޓުން ހިދުމަތް ހޯދަން އަވަސްވެ ވަގުތު ސަލާމަތްވާނެ އެވެ.