ގދ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމުގައިވާ ގަން ކައިރިން އޮޔާ ދިޔަ 10 ޑައިވަރުންނާއި ހަތަރު އިންސްޓްރަކްޓަރުން މިއަދު ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ ފުލުހުން ބުނީ މެރިން ޕޮލިސް ލޯންޗެއް މިއަދު ހެނދުނު ޏ. ފުވައްމުލަކުން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ގަމާ ދިމާލުން ކަނޑުމަތިން ޑައިވަރެއް ދުރުން ފެނިގެން ލޯންޗު އެ ސަރަހައްދަށް ދިޔައިރު އެތަނުން ދެ ޑައިވަރުން ފެނިފައިވާ ކަމަށެވެ.
މެރިން ޕޮލިސްގެ ލޯންޗު ކައިރި ކުރުމުން އިތުރު ޑައިވަރުންތަކެއް ވެސް އޮޔާދާ ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެ ސަރަހައްދުން ރަޝިޔާގެ 10 ޑައިވަރުންނާއި 4 އިންސްޓްރަކްޓަރުން ނަގައި ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެމީހުންގެ ތެރޭގައި ދިވެހި ތިން އިންސްޓްރަކްޓަރުން ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މެރިން ޕޮލިސްގެ ލޯންޗް އެމީހުން ގދ. ގައްދޫއަށް ގެންގޮސް، އެމީހުން ޑައިވިންގް އަށް ދިޔަ ސަފާރީގެ ދޯންޏާއި މިހާރު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.