އުރީދޫއިން ރޯދަމަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ކަސްޓަމަރުންނާ ހަމައަށް ދަނީ ގިނަ ކަންތައްތަކެއް ގެނެސްދެމުންނެވެ.

އުރީދޫގެ ފަރާތުން ދޭ ހިދުމަތްތަކުގެ ތެރެއިން އިތުރު ޕްރޮމޯޝަންތަކާއި ހަރަކާތްތައް ރާވާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އޭގެ ތެރޭގައި:

ހަދިޔާ ފޮށި: މިދިޔަ އަހަރު ތައާރަފު ކުރެވުނު ހަދިޔާ ފޮށި ވެގެން ދިޔައީ ކަސްޓަމަރުންގެ ތެރޭގައި މަގުބޫލު ޕްރޮމޯޝަނަކަށެވެ. މިގޮތުން މިއަހަރު ވެސް ކަސްޓަމަރުންނަށް ހަދިޔާ ފޮށީގައި ބައިވެރިވެވޭނެ އެވެ. އުރީދޫ ސުޕައެޕްގައި ހަދިޔާ ފޮށި މެދުވެރިކޮށް އެތައް އިނާމުތަކެއް ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ އެވެ. މީގެ ތެރޭގައި ޑެއިލީ އަދި ވީކްލީ ހަދިޔާ ހިމެނެ އެވެ. ހަދިޔާ ތަކުގެ ތެރޭގައި ބޯނަސް ޑޭޓާ، ގިފްޓް ވައުޗާ، މޮބައިލް ފޯނު، ޕީއެސް 5 އަދި އެޕަލް ވިޝަން ޕްރޯ ހިމެނެ އެވެ.

ރޯދަ ހަދިޔާ: 500 ރުފިޔާ އިން މަތީ ޑޭޓާ ޕެކް ނެގުމުން 60 އިންސައްތަ އާހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނެ އެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް މި އޮފާ ގައި ބައިވެވޭނެ އެވެ.

ގިފްޓް އަ ޕެކް: ރޯދަ މަހުގެ ތެރޭގައި ފެށޭ މިއޮފާ ގައި އެއް ކަސްޓަމަރުގެ ފަރާތުން އަނެއް ކަސްޓަމަރަށް ޑޭޓާ ޕެކް ހަދިޔާ ކުރެވޭނެ އެވެ.

ސުޕާނެޓު އެކްޓިވޭޓް އެންޑް ވިން: އަލަށް ސުޕަނެޓް ނަގާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތަކުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމެއް ލިބޭނެ އެވެ. ކޮންމެ ހަފްތާއަކު ގްރޭޓާ މާލެ އޭރިއާ، ސެންޓްރަލް، ނޯތު އަދި ސައުތު ރީޖަން އިން ނަސީބުވެރިން ހޮވޭނެ އެވެ.

އިފްތާރު ޕެކް ހަދިޔާ ކުރުން: އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް އިފްތާރު ޕެކެއް ހަދިޔާ ކުރެވޭނެ އެވެ. މި ޕެކްތައް ބެހުމަށް ހަމަ ޖެހިފައިވަނީ ބުރުޒު ކޭޓަރިންނާއިއެކު މިސްކިތްތަކަށެވެ.

ޕްރޭޔާ އެލާޓް: އެކްޓިވޭޓް ކުރުމުން ނަމާދު ވަގުތުގެ 15 މިނިޓު ކުރިން އެލާޓެއް ފޯނަށް ލިބޭނެ އެވެ. މި ހިދުމަތަށް އިތުރު އަގެއް ނުނަގާނެ އެވެ.

ފިތުރު ޒަކާތް: އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް ފިތުރު ޒަކާތް ދެއްކުން

މީގެ އިތުރަށް އުރީދޫ މޯލްޑިވްސްގެ މިރޯދަމަހު ތައާރަފު މިކުރާ ސީއެސްއާރު ޕްރޮގްރާމް "އިސްރަށްވެހިންނާއެކު، މި ޕްރޮގްރާމްގެ އެކި ހަރަކާތްތަށް މުޅި އަހަރަށް ބަހާލެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން ބުނިގޮތުގައި އަޅުގަނޑުމެންގެ ގައުމާއި، މުޖުތަމައު ކުރިއަރާފައި މިވަނީ އިސްރަށްވެހިންގެ މިންނަތް މަސައްކަތުންނެވެ. އަޅުގަނޑުމެން އެންމެން ވެސް ދަންނަން ވާނެ ކަމަކީ، ގައުމުގެ ރައުސުލްމާލަކީ އިސްރަށްވެހިންކަން، އަދި އެބޭފުޅުން ކުރެއްވި މަސައްކަތް ދެނެގަނެ،އުމުރުން ދުވަސްވި ދުވަހު އަޅާލާ، އެކި ކަންކަމުގައި އެބޭފުޅުން ބައިވެރިކުރުމަކީ ނުހަނު މުހިއްމުކަމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިރޯދަމަހުގެ ތެރޭގައި އިތުރަށް ކުރުމަށް ރާވާފައި ކަންތަކުގެ ތެރޭގައި:

އިސްރަށްވެހިންނާއެކު ރޯދަވީއްލުން: ޒުވާނުންނާއި އިސްރަށްވެހިންނާއިއެކު ރޯދަވިއަލާ ހިޔާލު ބަދަލު ކޮށްލެވޭނެ މާހައުލެއް ގާއިމު ކުރެވޭ ރޯދަވީއްލުމެއް ބޭއްވޭނެ އެވެ.

ރޯދަ ކުއިޒް: ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާ ކުއިޒުގައި ބައިވެރިވެގެން ހޮވޭ ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް ލިބިގެންދާނެ އެވެ. މިއީ ގިބްލަ ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ދެވޭ ހަދިޔާއެކެވެ.

އަތޮޅު ދުވުން: ލީޑަބޯޑުގެ އެއްވަނަ އަށް ދާ ފަރާތަކަށް ދެމީހުންގެ އުމްރާ ދަތުރެއް ޤިބްލަ ހައްޖު އެންޑު އުމްރާ ގުރޫޕް އާއި އުރީދޫ ގުޅިގެން ހުށައަޅާފައިވެ އެވެ.