މުޅި ރާއްޖެއިން 120 މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވިއިރު، 1،902 މީހަކަށް ވެކްސިންދީފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ) ން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ޖުމްލަ 17،507 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. މީގެ ތެރެއިން 15،142 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 99 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 8 މީހަކާއި އޮޕަރޭޓް ކުރާ ރިސޯޓްތަކުން ޕޮޒިޓިވްވި 10 މީހެކެވެ. މީގެ ތެރޭގައި އައްޑޫން އެއް ކޭހާއެކު މިހާތަނަށް 32 މީހުން އެ އަތޮޅުން ޕޮޒިޓިވްވެފައިވެ އެވެ. މީގެ އިތުރުން ފުވައްމުލަކުން އަލަށް ޕޮޒިޓިވްވި ތިން މީހުންނާއެކު ޖުމްލަ 16 މީހުން އެރަށުން ވަނީ ޕޮޒިޓިވްވެފަ އެވެ.

މި ބައްޔަށް ޕޮޒިޓިވްވި ކޭސްތަކުގެ ޖުމްލަ އަދަދަކީ 17،387 އެވެ. އަދި 15،081 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.

މި ބަލީގައި މިހާތަނަށް 56 މީހަކު ވަނީ މަރުވެފަ އެވެ.

އެޗްއީއޯސީން މިރޭ ބުނީ ކޮވިޑް ޖެހިގެން އައިސީޔޫގައި ތިން މީހަކަށް ފަރުވާދެމުން އަންނަ ކަމަށާއި ޖުމްލަ 206 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ.

ކޮވިޑް ފެތުރުން އިތުރުވަމުންދާއިރު މިއަދު އެކަނި 1،902 މީހަކަށް ވެކްސިންދީފައިވެ އެވެ. މިގޮތުން މިހާތަނަށް 27،367 މީހަކަށް ވެކްސިން ދީފައިވެ އެވެ.