ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާވާތީ ސްކޫލްތަކުގެ ދެވަނަ ޓާމުގެ ޓެސްޓްތައް އަވަސްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ އިމްތިހާނު ބާއްވަން މިހާރު ހަމަޖެހިފައި ވަނީ މާޗް 27 އިން އަންނަ މަހުގެ 25 ގެ ނިޔަލަށް ކަމަށެވެ. މިނިސްޓްރީން ބުނީ އިމްތިހާނު އަވަސްކުރީ ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ މަހުގެ 21 ގައި ބާއްވަން ނިންމާފައިވާތީ ކަމަށެވެ.

އެހެންވެ މި މަހުގެ 27 އިން އަންނަ މަހުގެ 25 އާ ދެމެދު ރަސްމީ ދުވަސްތަކުގައި ގުރޭޑް 7-8 އަދި 9 ގެ ދެވަނަ ޓާމުގެ އިމްތިހާން ބާއްވާ ނިންމެވީ ކަމަށް މިނިސްޓްރީން ބުންޏެވެ. ކުރިން ޓެސްޓު ނަގަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 އިން 27ގެ ނިޔަލަށެވެ.

ދިރާސީ އަހަރުގެ ކަލަންޑަރަށް އައި ބަދަލާ ގުޅިގެން މިހާރު މި ހިނގާ 2023-2024 ގެ ދިސާރީ އަހަރު ނިމޭނީ އަންނަ އޭޕްރީލް 30 ގަ އެވެ. އަދި އާ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މެއި 26 ގަ އެވެ.