މަސްވެރިންނަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ 10 ވަރަކަށް ދުވަހުގެ ބެކްލޮގެއް އަނެއްކާވެސް އުފެދިއްޖެ އެވެ.

މި މަހުގެ ހަތްވަނަ ދުވަހާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާ މި މަހު 10 ގައި ދީ ވަނީ ހަލާސްކޮށްފަ އެވެ. އެ ފައިސާ ދިނީ ގއ. ކޫއްޑޫގައި ހުންނަ މަސްފެކްޓްރީ ބަންދުކޮށް މުޒާހަރާ ކުރުމުންނެވެ.

މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމުގެ ކުރިން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެއްވެސް ފައިސާއެއް މަސްވެެރިންނަށް ނުލިބޭ ކަމަށް އެމީހުން ބުނެ އެވެ. ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެފައި ވަނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ވެސް 250 މިލިއަން ރުފިޔާ ބެކްލޮގެއް އޮތެވެ.

ރައީސް މުއިއްޒުގެ ވައުދަކ މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމެވެ. ނަމަވެސް އެ ވައުދު ފުއްދަމުން ނުދާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

މަސްވެރިންނަށް ފައިސާ ގަވާއިދުން ފައިސާ ނުދެވޭ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ މަސްވެރިން ކަންބޮޑުވުންފާޅުކުރަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވައުދާއެއްގޮތަށް މިފްކޯ އެސްޓީއޯގެ ދަށުން ނަގައި ވަކި ކުންފުންޏަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމުން މަސްވެރިންނަށް ވީ ފައިދާއެއް ނެތެވެ.