ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފުރާވަޑައިގެންނެވި ކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މި ދަތުރުފުޅާ ބެހޭ އިތުރު ތަފުސީލެއް އެ އޮފީހުން ހާމައެއް ނުކުރެ އެވެ.
ރައީސްގެ ދެކަނބަލުން އެންމެ ފަހުން ސިންގަޕޫރަށް ވަޑައިގެންނެވީ ނޮވެމްބަރު 17ގައި މަގާމުގެ ހުވާކުރެއްވުމުގެ ކުރިންނެވެ.
ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންނެވިއިރު އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ލުވައިޒް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ.
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
ޓްރަމްޕްގެ މަގުބޫލުކަން 33 ޕަސެންޓަށް ދަށްވެއްޖެ
މަޖިލީހުގެ ދައުރު މިމަހުގެ 27އާ ހަމަޔަށް އިތުރުކޮށްފި