މިއަދު މި ގެނެސްދެނީ ބީފްގެ ބާވަތްތަކަށް ލޯބިކުރާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކެއުމެކެވެ. ހަދާލަން ފަސޭހަ މި ކެއުމަކީ ރޯދަވީއްލާ ގަޑީގެ އިތުރުން ހާރުދަމުގެ ސުފުރާއަށް ވެސް ރަނގަޅު ކެއުމެކެވެ.
ބޭނުންވާ ތަކެތި
- ½ ބީފް (ތުނިކޮށް ކޮށާފައި)
- 2 މޭޒުމަތީ ސަމްސާ ކޯން ފްލާ
- 2 މޭޒު މަތީ ސަމްސާ ތެޔޮ
- ½ މޭޒު މަތީ ސަމްސާ ލޮނުމެދު (ޗިސްކޮށްފައި)
- 1 މޭޒު މަތީ ސަމްސާ އިނގުރު (ޗިސްކޮށްފައި)
- ¼ ޖޯޑު ސޯޔާ ސޯސް¼ ޖޯޑު ރާހުތް
- ¼ ޖޯޑު ބްރައުން ޝުގާ
- 2 ލީކްސް (ކުދިކޮށް ކޮށާފައި)
- ¼ ޖޯޑު ފިނިކުރި ފެން
- ސެސަމީ ސީޑްސް ކޮޅެއް
ތައްޔާރުކުރާނެ ގޮތް
- ތަށްޓަކަށް އެއް މޭޒު މަތީ ސަމްސާގެ ކޯން ފްލާއާއި ބީފް ކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ފަސް ވަރަކަށް މިނެޓް ބެހެއްޓުމަށްފަހު މި ބީފްކޮޅު ތެލުލާށެވެ.
- ތަވައަކަށް ތެޔޮ ކޮޅެއް އެޅުމަށްފަހު ތެޔޮކޮޅު ހޫނުވުމުން އޭގެ ތެރެއަށް ލޮނުމެދު އަދި އިނގުރު އަޅައި އޭގެ ވަސް ހިފަންދެން ކައްކާލާށެވެ. އެއަށްފަހު ސޯޔާ ސޯސް، ރާހުތް އަދި ބްރައުން ޝުގާ އެޅުމަށްފަހު ބޮކި ޖަހައި ރަނގަޅަށް ކެކެންދެން ކައްކާލާށެވެ.
- އެހެން ތަށްޓެއްގައި ބާކީ ހުރި ކޯންފްލާ ކޮޅު ފެންފޮދާ އެއްކުރުމަށްފަހު ތަވާ ތެރެއަށް އަޅައި އެއްކޮށްލާށެވެ.
- އެއަށްފަހު ތަވާގެ ތެރެއަށް ކުރިން ތެއްލި ބީފްކޮޅާއިި ލީކްސްކޮޅު އަޅައި ސޯސްގަނޑު ރަނގަޅަށް އޮލަވަންދެން ކައްކާލާށެވެ.
- ބީފްކޮޅު ގާނިޝް ކޮށްލަން މީގެ މައްޗަށް ބޭނުންނަމަ ސެސަމީ ސީޑްސްކޮޅެއް ބުރުވާލެވިދާނެ އެވެ.