އުރީދޫއިން އައްޑޫގައި، އިސްރަށްވެހިންނާއި ޒުވާނުން އެއްކޮށްގެން ހާއްސަ ރޯދަ ވީއްލުމެއް ބާއްވައިފި އެވެ.

ފުޅާ ދާއިރާއެއްގައި މުއާސަލާތީ ކުންފުނިން ބުނީ މިއީ އުރީދޫއިން މި ރޯދަމަހު އިފްތިތާހުކުރި ސީއެސްއާރު ކެމްޕެއިން "އިސްރަށްވެހިންނާއެކު" ގެ ދަށުން ބޭއްވި ފުރަތަމަ ރޯދަ ވީއްލުން ކަމަށެވެ.

"މި އިވެންޓްގެ މަގްސަދަކީ އިސްރަށްވެހިންނާއި ޒުވާނުން ހިތްހަމަ ޖެހޭ މާހައުލެއްގައި ދިމާވެ، ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުން. މި ސީރީޒްގެ ދަށުން އަދި ރާއަޖޭގެ އިތުރު ހިސާބުތަކުގައި ވެސް ރޯދަ ވިއްލުން ބޭއްވުމަށް ވަނީ ރޭވިފައި،" އުރީދޫން ބުންޏެވެ.

އުރީދޫއިން އައްޑޫގެ އިސްރަށްވެހިންނަށް ބޭއްވި ރޯދަ ވީއްލުމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ބައިވެރިވަނީ. ފޮޓޯ: އުރީދޫ

އައްޑޫ ސިޓީގެ މޭޔަރު ލީ ނިޒާރު ވަނީ މި ރޯދަ ވީއްލުމުގައި ބައިވެރިވެފަ އެވެ. މިއީ އިސް ރަށްވެހިން ކަންކަމުގައި ބައިވެރިކޮށް މުޖުތަމައުގެ އެއްބައިވަންތަކަން ހަރުދަނާ ކުރުމަށް ދޭ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ އަމާޒަކީ މިފަދަ ހަރަކާތްތަށް މެދުވެރިކޮށް މުޖުތަމައުގެ މޭސްތިރިން ކަމަށްވާ އިސްރަށްވެހިން މުޖުތަމައުގެ އެކި ކަންކަމުގައި ބައިވެރިވުން އިތުރުކުރުން ކަމަށެވެ. އަދި މިހަރަކާތްތައް މެދުވެރިއަކަށްވެ މުޖުތަމައުގައި އެކަކު އަނެކަކަށް ކުރާ އިހްތިރާމު އިތުރުވެ، އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެއް އުފެދުން ކަމަށް އެ ކުންފުނިން ބުނެ އެވެ.