ބަރަކާތްތެރި ރަމަޟާން މަސް ފެށިގެން ކުރިއަށްދާއިރު މިއަހަރުވެސް އެތައް ހާސް މުސްލިމުންނެއް މާތްވެގެންވާ މައްކާގެ ބިމަށް އުމްރާވާން ދަތުރު ކުރަމުންދެ އެވެ. އޭގެ ތެރޭގައި ގިނަ ބަޔަކު ދަންނަ ބައެއް ފިލްމީ ތަރިން ވެސް ހިމެނެ އެވެ.

ގައުހަރު ޚާން

https://www.instagram.com/p/C4xjUqcIJIx/?utm_source=ig_embed&ig_rid=b4c60130-bcfe-4f66-87d6-d5edfa1e7ebf

ގައުހަރުއާއި އޭނާގެ ފިރިމީހާ ޒައިދް ދަރްބާރު ވަނީ މިއަހަރު އެދެމީހުންގެ ދަރިފުޅާއެކު އަލަށް އުމްރާވެފަ އެވެ. އެ ދަތުރުގެ ތެރެއިން ދަރިފުޅު ޒިހާންގެ މޫނުވެސް ވަނީ ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.

އަލީ ގޯނީ

https://www.instagram.com/p/C4iG89oSfpR/

"ޔޭ ހޭ މޮހައްބަތޭން" އާއި "ބިގްބޮސް" ފަދަ ޝޯތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަލީ ގޯނީ ވަނީ މި ރޯދަ މަހު އޭނާގެ ދެވަނަ އުމްރާ ކޮށްފަ އެވެ. އެ ތަޖުރިބާ ހިއްސާ ކުރަމުން އަލީ ވަނީ ރަމަޟާން މަހުގެ ދަރުމައާއި ސަވާބު ދެއްވުމަށް އެދި ދުއާކޮށްފަ އެވެ.

ސާޖިދު ޚާން

https://www.instagram.com/reel/C4lEgo1MNrR/?utm_source=ig_embed&ig_rid=e64cf4ca-f48f-40b3-9054-f52b44222059

ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރުން ކަމަށްވާ ސާޖިދު-ވާޖިދުގެ ތެރެއިން ސާޖިދު ޚާން ވެސް ވަނީ މި ރޯދަ މަހު އުމްރާއަށް ގޮސްފަ އެވެ. އޭނާ ބުނެފައިވަނީ މިފަހަރުގެ އުމްރާ އަދާކޮށްފައިވަނީ މަރުވެފައިވާ އޭނާގެ ބޭބެ ވާޖިދުގެ ފަރާތުން ކަމަށެވެ.