އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ އަހްމަދު އެ މިނިސްޓްރީން ބޭރުކޮށްދިނުމަށް އެދި އެ މިނިސްޓްރީގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މުވައްޒަފުންގެ ފަރާތުން އެ ޕެޓިޝަން ހުށަހަޅާފައި ވަނީ ރައީސް އޮފީހަށެވެ. އެ ޕެޓިޝަން ހުށަހަޅާފައި ވަނީ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.
މިނިސްޓްރީގެ މުވައްޒަފުން އެ ޕެޓިޝަން ހުށަހެޅީ ސިވިލް ސާވިސް މުވައްޒަފުންނަށް ނުފޫޒު ފޯރުވަން ވިޝާމާ މަސައްކަތް ކުރާތީ އެވެ.
މުވައްޒަފުންގެ ބޮޑު ކަންބޮޑުވުމަކާއެކު މިފަދަ ޕެޓިޝަނެއް ހުށަހެޅިޔަސް ރައީސް އޮފީހުން އެކަމަށް އެއްވެސް ޖަވާބެއް މިހާތަނަށް ދީފައެއްނުވެ އެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ނާގާބިލް މީހުން ތިބި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އަންނަނީ ފާޑުކިޔަމުންނެވެ.
ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ޓެކްސް ބޮޑުކުރަނީ
ހުވަދޫ ކަނޑަށް ގެއްލުނު މީހުން ނުފެނިގެން ހުއްޓާލައިފި
ސްޕެއިންގައި ތަމްރީނު މަތިންދާ ބޯޓެއް ވެއްޓި ދިވެއްސަކަށް އަނިޔާ
