މިއަދުން ފެށިގެން ރާއްޖޭގެ ސްކޫލްތަކުގައި ދެވަނަ ޓާމްގެ އިމްތިހާން ފެށޭނެ އެވެ. އެއާއެކު އިމްތިހާނަށް ތައްޔާރުވާ ކުދިން އެކަމުގައި އަވަދިނެތިވާނެ އެވެ. އިމްތިހާނަށް ތައްޔާރު ވުމުގައި އެންމެ މުހިއްމު އެއް ކަމަކީ ކިޔަވާ އެއްޗެހި ހަނދާނުގައި ހަރުލެއްވުމެވެ. މި ލިޔުމުގައި މި ބަލާލަނީ އިމްތިހާން ދުވަސްވަރު ހަނދާން ގަދަކުރަން ކެވިދާނެ ބައެއް ކެއުންތަކަށެވެ.

ބްލޫބެރީ

ބްލޫބެރީސް އަކީ ފައިބަރ އިން މުއްސަނދި ވެފައިވާ ބާވަތެކެވެ. އަދި އެއީ ތިބާގެ ހަނދާން ގަދަކުރުމަށާއި ދުޅަހެޔޮ ދިފާއީ ނިޒާމަކަށް ބޭނުން ކުރުމަށް ވަރަށް ފައިދާ ހުރި މޭވާއެކެވެ. އަދި ހަމައެހެންމެ ބްލޫބެރީސް އަކީ ގްލޫޓަން ފްރީ އެއްޗެކެވެ. އަދި މިއީ ސިކުނޑީގައި ސިގްނަލް އިތުރުކުރާ އެއްޗެއް ވެސްމެ އެވެ.

ބަރަބޯ އޮށް

ބަރަބޯ އޮށަކީ ޕްރޮޓީން އާއި ފައިބަރުން މުއްސަނދި ވެފައިވާ ސުޕާ ފުޑް އެކެވެ. މި މިނަރަލްތަކަކީ ތިބާގެ ވިސްނުން ރަނގަޅު ކޮށްދޭ އަދި ހަނދާން ގަދަކޮށްދޭ ބާރުގަދަ މިނެރަލްތަކެކެވެ. ބަރަބޯ އޮށަކީ ސްޓްރެސް ނައްތާލާ އެއްޗަކަށް ވެފައި އެއީ ހަނދާން ގަދަ ކުރުމަށް ކެއުމަށް ރަނގަޅު އެއްޗެކެވެ.

ޑާކް ޗޮކޮލެޓު

ޑާކް ޗޮކްލެޓަކީ އަޖައިބެއް ކަހަލަ އެއްޗެކެވެ. މިއީ ސްޓްރެސް ވާލެއް ކުޑަކޮށްދީ އަދި ޑިޕްރެޝަންގެ މިންވަރު ދަށްކޮށްލައި ހަނދާން ގަދަކުރުމަށް އެހީވެދޭ ކާނާ އެކެވެ. މި ދުޅަހެޔޮ ކާނާ އަކީ ހަމަގައިމުވެސް ފުރާނަ ސަލާމަތް ކޮށްލާ ފަދަ ރަހަ މީރު އެއްޗެކެވެ.

ކޮފީ

ކޮފީގައި އެކުލެވިގެންވާ އެއް ބާވަތަކީ ދިގު މުއްދަތަކަށް ހަނދާން ގަދަ ކޮށްދޭ އެއްޗެކެވެ. އެއީ ސިކުނޑީގެ މަސައްކަތަށް ބޮޑު އަސަރެއް ކުރުވާ ޑްރަގެއް ފަދަ އެއްޗެކެވެ. މި ނޫނަސް ގުނާ އަދަދު ނުކުރެވޭހާ ގިނަ ސިއްހީ ފައިދާތައް ކެފެއިން އިން ލިބެ އެވެ.

ވޯލްނަޓް

ކޮންމެ ދުވަހަކު ވޯލްނަޓް ކެއުމަކީ ތިބާގެ ހަނދާނާއި ކޮގްނިޓިވް ސިއްހަތު ވަރަށް ބޮޑަށް ރަނގަޅުކޮށްދޭ ކަމެކެވެ. އަދި އެއީ އިންފްލެމޭޝަން ވެސް ދުރުކޮށްދޭ ކަމެކެވެ. ވޯލްނަޓް ކައިގެން އެކަނި ވެސް މިހާރު ސްމާޓް ވެވިދާނެ އެވެ.