ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން ބޮލީވުޑަށް ނުކުތުމާއެކު އާއްމުން އިންތިޒާރު ކުރަމުން އައީ އެ ދެބަފައިން އެކުގައި ފިލްމަކުން ފެންނާނެ ދުވަހަކަށެވެ.
އާއްމުންގެ އެ އުއްމީދު ހަގީގަތަކަށްވެ "ކިންގް" ނަމަކަށް ކިޔާފައިވާ ފިލްމެއްގައި އެ ދެމީހުން އެކުގައި ފެންނާނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. އޭގެ އިތުރުން ވެސް އެ ފިލްމުގެ އިތުރު ތަފްސީލުތަކެއް މިހާރު ވަނީ ހާމަވެފަ އެވެ.
އެގޮތުން މީގެ ކުރިން އެ ފިލްމުގައި ޝާހްރުކް ޚާން ފެންނާނީ އެކްޓެންޑަޑް ކެމިއޯއަކުން ކަމަށް ބެލެވިފައި އޮތް ނަމަވެސް އޭނާއާއި ސުހާނާ އެ ފިލްމުން ފެންނާނީ ޕެރަލަލް ލީޑުންގެ ގޮތުގައި ކަމަށް ހަބަރުތައް ބުނެ އެވެ.
އެ ނިންމުމުގެ ސަބަބެއްގެ ގޮތުގައި ފިލްމުގެ ޕްރޮޑިއުސަރުން ފާހަގަ ކޮށްފައިވަނީ ޝާހްރުކް ޚާންއާއި ސުހާނާ އެކުގައި ސްކްރީނުން ފެންނަން އާއްމުން ބޭނުންވުމާއި އެކަމަށް ގިނަ ހުށައެޅުންތަކެއް އައުމެވެ.
"ކިންގް"އަކީ ސިދްހާތު އަނަންދުގެ ބެލުމުގެ ދަށުން ހިންގާ މާފްލިކްސް ޕިކްޗާސްއިން އުފައްދާ ޕްރޮޑިއުސްކުރާ އެކްޝަން ފިލްމެކެވެ.
ވަޒީފާ އަދާކުރާ ރިސޯޓާ ކައިރިން ޒުވާނުންނަށް ބޯހިޔާވަހިކަން ދެނީ
"އެވެންޖާސް ޑޫމްސްޑޭ"ގެ ފުރަތަމަ ޓީޒާ ދައްކާލައިފި
މާ ގިނައިރު ސްކްރީނަށް ބަލަން ޖެހޭނަމަ ލޮލަށް ސަމާލުވޭ!