ކޮފީއަކީ އަހަރުމެންގެ ދުވަހުގެ ވަރަށް މުހިއްމު ހިއްސާއެކޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ދުވާލަކު ހައެއްކަ ކޮފީ ވެސް ބޯ މީހުން މަދެއް ނޫނެވެ. އެހެން ނަމަވެސް ކޮފީއިން ލިބޭ ގެއްލުންތަކާއި އޭގެ "ސައިޑް އެފެކްޓްސް"ތަކުގެ ވާހަކައަކީ ވެސް ދެކެވޭ ވާހަކަ އެކެވެ.

މި ލިޔުމުގައި މި ބަލާލަނީ އެކި ސަބަބުތަކާ ހުރެ ކޮފީ ބުއިމަށް އުޒުރުވެރިވާ މީހުންނަށާއި ކޮފީ ބުއިން ހުއްޓާލަން ބޭނުންވާ މީހުންނަށް ކޮފީގެ ބަދަލުގައި ބޭނުން ކުރެވިދާނެ ބައެއް ބުއިންތަކަށެވެ.

ވައިޓް ޓީ

ވައިޓް ޓީއަކީ ކޮފީއިން ލިއްބައިދޭ "ކިކް"އާ އެއްފަދަ އިހުސާސެއް ގެނުވައިދޭ ބުއިމެއްގެ ގޮތުގައި މަޝްހޫރު ބުއިމެކެވެ. އެހެން ނަމަވެސް ވައިޓް ޓީއަށް ބޭނުންވާ ސައިފަތަކީ ލިބުން އުނދަގޫ އެއްޗަަކަށް ވުމާއެކު މިއީ އަގުވެސް ބޮޑު ބުއިމެކެވެ.

މައްޗާ ޓީ

މުއްސަނދި ރަހައެއް ލިިބިގެންވާ މައްޗާ ޓީއަކީ ހާބްސްއާއި ކެފެއިން އެއްކޮށްގެން ތައްޔާރުކުރާ ބުއިމެކެވެ. މި ބުއިމަކީ ވެސް ވަގުތީ ގޮތުން ހަށިގަނޑުގައި ވަރު ޖައްސައި ނިދި ފިލުވާލާނެ ބުއިމެކެވެ.

ގްރީން ޓީ

ގްރީން ޓީއަކީ އެއިން ލިބޭ ފައިދާތަކަށްޓަކައި މީގެ ކުރިން ވެސް ނަން މަޝްހޫރު ބުއިމެކެވެ. އެހެން ނަމަވެސް ގިނަ ބަޔަކަށް ނޭނގި އޮތް ކަމަކީ އެއީ ކޮފީގެ ބަދަލުގައި ބޭނުން ކުރެވިދާނެ ކޮފީއިން ކުރާ އަސަރުކުރާ ބުއިމެއް ކަމެވެ.